މޫސުން ގޯސްވުމުގެ ސަބަބުން ކ.އަތޮޅުން ފެށިގެން ވ.އަތޮޅަށް ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން މައުލޫމާާތު ދޭގޮތުގައި މިއަދު ހެނދުނު 04:00 އިން އިއރުއޮއްސި 6 ޖެހުމާއި ހަމައަށް ކ. އަތޮޅުން ފ. އަތޮޅަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ. އެ ވަގުތުތަކުގައި އެ ސަަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެއެވެ. އަދި ހއ އަތޮޅުން ތ އަތޮޅާއިދެމެދު މިއަދު 6 ޖެހުމާއި ހަމައަށްވަނީ ވައިޓް އެލާޓް ނެރެފައެވެ
މީގެ އިތުރުން ކުރިއަށް އޮތް ސައުވީސް ގަޑިއިރު އުތުރާއި މެދުތެރޭގެ އެކިހިސާބަށް ވިިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށްް ވަނީ ލަފާކޮށްފައެވެ. އަދި އުތުރާއި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފަ ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
Alert Yellow for torrential rain and thunderstorms. pic.twitter.com/JvXEl1ERL6
— Maldives Meteorology (@MetMaldives) October 18, 2019
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!