ނުރައްކާތެރި މިންވަރަކަށް ބާރުގަދަވަމުންދާ ކެޓަގަރީ 5 ގެ ސުޕަ ޓައިފޫން "ޗަމްޕީ": ގަޑިއަކު 184 މޭލަށް ވައިގަދަވާނެ!
ހުޅަނގު ޕެސިފިކް ކަނޑުގައި އުފެދިފައިވާ ސުޕަ ޓައިފޫން “ޗަމްޕީ” އަކީ، ވައިގެ ބާރުމިނަށް ބަލާއިރު 2026 ވަނަ އަހަރު ދުނިޔޭގައި އުފެދުނު އެންމެ ބާރުގަދަ ތޫފާން ކަމަށް ރެކޯޑުކުރެވިއްޖެ އެވެ. “ދަ ވެދަރ ނެޓްވޯކް” އިން ހާމަކޮށްފައިވާ ގޮތުގައި މި ތޫފާނުގެ ވައިގެ ބާރުމިން ގަޑިއަކު 296 ކިލޯމީޓަރު (184 މޭލު) އަށް އަރާފައިވާއިރު، މިއީ ކެޓަގަރީ ފަހެއްގެ ތޫފާނަކާ އެއްވަރުގެ ބާރުމިނެކެވެ. އަދި މިއީ މިއަހަރުގެ ތެރޭގައި ދުނިޔެއިން ފެނުނު ކެޓަގަރީ ފަހެއްގެ ހަތްވަނަ ތޫފާނެވެ. […]