ހއ. ދިއްދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝާން (އާރްޑީސީ)އާ ހަވާލުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކެވެ.
މި މަޝްރޫއުގެ ދަށުން 5.4 ކިލޯމީޓަރު މަގުގައި ތާރު އަޅާނެއެވެ. އަދި މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމު ކުރުމާއި މަގުބައްތި ޖެހުން ވެސް ހިމެނެ އެވެ.
އެ މަސައްކަތް އާރްޑީސީއާ ހަވޅަު ކުރީ ޖުމްލަ 108.5 މިލިއަން ރުފިޔާއަށް 540 ދުވަސްތެރޭގައި ނިންމައި ހަވާލުކުރާ ގޮތަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!