19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ކުރީގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމްއަށް ނިސްބަތްކޮށް މިދައުރުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ ދެއްކެވި ވާހަކަފުޅަށް އަނާރާ ރައްދު ދެއްވައިފިއެވެ.
އަނާރާ ވިދާޅުވީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެކަމަނާ ޤުރުއާން ގެ އާޔަތް ކިޔާތީ ބައެއް ބޭފުޅުންނަށް އެކަން ހަޖަމް ނުވިކަން އަދި މިއިނގުނީ އެމްޑީޕީގެ މަޖިލިސް މެމްބަރު ރާއީ މިކަން ތަކުރާރުކޮށް މަޖިލީހުގައި ފާހަގަ ކުރެއްވިމައި ކަމަށެވެ. އިތުރަށް އަނާރާ ވިދާޅުވީ ޤުރުއާން ގެ އާޔަތާއި ހަދީޝްތައް ކިޔަނީ ދީނުގެ ކަންކަން ރައްޔިތުންނަށް ސާފުކޮށްދިނުމުގެ ގޮތުން ކަމަށެވެ.
18 vana majilihuga alhugandu Qur'an ge Aayay kiyaathee, baeh beyfulhunnah ekan hajam nuvikan adhi mi engunee. MDP ge MP Rae mikan thakuraarukoh majilihuga faahaga kureema.
Qur'an ge Aayathaai Hadhees thah kiyanee dheenuge kankan rayyithunnah saafukodhhinumuge gothun.— Anara Naeem (@AnaraNaeem) October 16, 2019
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރާއީ ވަނީ އަނާރާ އަށާއި އަދާލަތު ޕާޓީއަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ރާއީ ވަނީ މަކުނުދޫ ދާއިރާގެ ގޮނޑި، ވަދެފަ އާޔަތެއް ކިޔާފަ، ނިންމާފަ އާޔަތެއް ކިޔާފަދާ ޕާޓީގެ މެމްބަރަކަށް ލިބިގެނެއް ދާއިރާ ކުރިއެއް ނާރާނެކަމަށް ވިދާޅުވެފައެވެ. އަދި އަދާލަތު ޕާޓީން މަކުނުދޫ ދާއިރާގެ ތަރައްޤީ އަށް ހުރަސް އަޅާކަމަށްވެސް ރާއީ ތުހުމަތު ކުރެއްވިއެވެ.
މިދިޔަ މަޖިލިސް އިންތިޚާބުގައި މަކުނުދޫ ދާއިރާއަށް އަނާރާ އަދި ރާއީގެ އިތުރުން ޔަސްފާ ވާދަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!