މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ފަސްވަނަ ދައުރަށް 60 ވޯޓާއި އެކު އާންމުންގެ ތެރެއިން ހޮވުނު އަލްއުސްތާޛާ ޝީރީން ނާހިދާ ލަތީފް (ގ. ނޫމަރާވިލާ، މާލެ) މީޑިއާ ކައުންސިލުން އިސްތިއުފާދެއްވައިފިއެވެ.
ގާނޫނީ ވަކީލެއްގެ ގޮތުގައިވެސް މަސައްކަތް ކުރަމުން އަންނަ އަލްއުސްތާޛާ ޝީރީން ނާހިދާ ލަތީފް ކައުންސިލުން އިސްތިއުފާދީފައި ވާތީ އިސްތިއުފާ ގަބޫލުކޮށްފައިވަނީ މިއަދު މީޑިއާ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލް އެކުލެވިގެންވަނީ މީޑިއާއިން އިންތިހާބުކުރާ އަށް މެމްބަރަކާއި އާންމުންގެ ތެރެއިން ހަތް މެމްބަރަކު ހިމެނޭގޮތަށް ޖުމްލަ 15 މެމްބަރުންގެ މައްޗަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!