ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ގޮތުގައި ބައިނަލް އަޤްވާމީ ފެންވަރުގައި ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި އޮކްޓޯބަރ 16 ވަނަ ދުވަސް ފާހަގަކުރަމުން އަންނަ އިރު ދިވެހިރާއްޖޭގައިވެސް މިއަދު މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން އިސް ނަންގަވައިގެން ދަނީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރަމުންނެވެ.

''Our Actions are Our Future. Healthy Diets for a Zero Hunger World'' މިޝިޢާރުގެ ދަށުން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ ގުޅިގެން މިއަދު ހެނދުނު 10:30 ގައި ވަނީ ހާއްސަ ޕެނެލް ޑިސްކަޝަން އެއް ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ އޮޑިޓޯރިއަމްގައި ކުރިޔަށް ގެންގޮސްފައެވެ.

Ad
rt

މިޕެނަލް ޑިސްކަޝަންގައި މައުލޫމާތު ފޯރުކޮށްދެއްވުމަށް އެކި މުޢައްސަސާތަކާއި ޕްރައިވެޓް ސެކްޓަރއިން ފަންނީ މާހިރުން ބައިވެރިވެ ވެފައިވާއިރު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ޑަޔަޓީޝަން އަލްފާޟިލާ އައިމިނަތު އިޔާޝާ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ސީނިއަރ ލެކްޗަރަރ އެއްގެ ގޮތުގައި މަސއްކަތް ކުރައްވަމުން ގެންދަވާ ނިއުޓްރިޝަންގެ އެކްސްޕާޓް އަލްފާޟިލާ އައިޝަތު ޝާހީން، ދަނޑުވެރިކަމުގެ ދާއިރާގައި މިނިސްޓްރީގައި ދިގުމުއްދަތެއް ހޭދަ ކުރެއްވުމަށްފަހު މިހާރު ޕްރައިވެޓް ސެކްޓަރގައި މަސައްކަތް ކުރައްވަމުން ގެންދަވާ ޕެސްޓާމިނޭޓަރސް ޕްރައިވެތް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ހުސެންރަޝީދު، މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސްގެ ޑެޕިޔުޓީ ޑައިރެކްޓަރ ޖެނެރަލް އަލްފާޟިލް އާދަމް މަނިކު ގެ އިތުރުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްކޫލްހެލްތް ޑިވިޝަންގެ ޑެޕިޔުޓީ ޑައިރެކްޓަރ ޖެނެރަލް އަލްފާޟިލް ޙުސެން ރަޝީދު މޫސާ ވަނީ ބައިވެރިވެފައެވެ.

ޕެނެލް ޑިސްކަޝަންއަށްފަހު މިނިސްޓަރ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އެންޑް އެގްރިކަލޗަރ އަލްފާޟިލާ ޒަހާ ވަޙީދު ވަނީ ފުޑް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަން ( FAO ) އިން ތައްޔާރުކޮށްފައިވާ "ކަންޓްރީ ޖެންޑަރ އެސެސްމަންޓް އޮފް އެގްރިކަލްޗަރ އެންޑް ދަ ރޫރަލް ސެކްޓަރ އިން މޯލްޑިވްސް" ނެރެދެއްވާފައެވެ.

ޕެނެލް ޑިސްކަޝަންއަށްފަހު މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ދަނޑުވެރިކަމުގެ ސިނާޢަތް އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި އިންޓަނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓްގެ އެހީގައި ދަނޑުވެރިކަމުގެ ދާއިރާގެ ބޮޑު މަޝްރޫޢެއް ރާއްޖޭގައި ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެމަޝްރޫޢުގެ ޢަމަލީ މަސައްކަތް 2020 ވަނަ އަހަރު ފެށިގެންދާނެ ކަމުގެ އުފާވެރި ޚަބަރު މިނިސްޓަރ ވަނީ ދެއްވާފައެވެ.

މީގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާ ތަރައްޤީ ކުރުމަށް މިނިސްޓްރީން ކުރިއަށްގެންދަން ނިންމަވާފައިވާ މުހިންމު ބައެއް މަސައްކަތްތަކުގެ މައްޗަށް އަލި އަޅުވާލާ މިނިސްޓަރ ވަނީ ވަހަކަފުޅު ދައްކަވާފައެވެ.

ގިނަ މައުލޫމާތުތަކެއް ލިބިގެންދިޔަ މި ޕެނެލް ޑިސްކަޝަންގައި ދަނޑުވެރިން އުފައްދާ ތަކެއްޗަށް ހަމަ އަގު ނުލިބުމާއި، ތަކެތި މާކެޓް ކުރުމުގައި ހުރި ދަތިތައް ޙައްލު ކުރުމަށްޓަކައި ދަނޑުވެރިންނަށް ބޭނުންވާ ތަފާތު އާލާތްތަކާއި ގަސްކާނާ އާއި މުޑުވައް ފޯރުކޮށްދިނުމަށާއި ދަނޑުވެރިން އުފައްދާ ތަކެތި މާކެޓް ކުރުމަށް، އެކަމަށް ޚާއްޞަ ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމުގެ އުފާވެރި ހަބަރުވެސް މިނިސްޓްރީން ވަނީ ދެއްވާފައެވެ.