ހއ. އިހަވަންދޫގައި މަކަރާއި ހީލަތުން ފައިސާ ހޯދުން އިތުރުވެފައިވާތީ ރައްޔިތުން ސަމާލުވުމަށް އެރަށު ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

އިހަވަންދޫ ކައުންސިލުން މިގޮތަށް އިލްތިމާސްކޮށްފައި ވަނީ އެރަށުގެ ރައްޔިތުންގެ ސަމާލުކަމަށް އެދި އާންމުކުރި ލިޔުމެއްގައެވެ.

Ad
rt

އެ ލިޔުމުގައި ބުނެފައި ވަނީ އެރަށުގެ ވިޔަފާރިވެރިންނާއި، އޮޑި ދޯނިފަހަރުގެ ވެރިންނަށް އަމާޒުކޮށްގެން، މަކަރާއި
ހީލަތުން ފައިސާ ހޯދުމުގެ އަމަލުތައް މިދުވަސްވަރު އެރަށުގައި އިތުރުވެފައިވާކަމަށް އިހަވަންދޫ ޕޮލިސް ސުޓޭޝަނުން އެ ކައުންސިލަށް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.

"ރައްޔިތު ބޭފުޅުން މިކަމަށް ސަމާލުވެ، ފައިސާގެ މުއާމަލާތްކުރުމުގައި ރައްކާތެރިގޮތްތައް ހިޔާރުކުރުމަށް
ދަންނަވަމެވެ." އެ ލިޔުމުގައި ބުނެފަވެއެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ވެސް އިހަވަންދޫގެ ގިނައަދަދެއްގެ މީހުންނަށް ސްކޭމް ކޯލްތަކެއް ކުރާތީ އެކަމަށް ސަމާލުވުމަށް އެ ރަށު ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

އިހަވަންދޫއަކީ މަސްވެރި، އިގްތިސާދީ ހަރަކާތްތައްފުޅާ، އުތުރުގެ ނިސްބަތުން ފުދުންތެރި ރައްޔިތެއް ދިރިއުޅޭ ރަށެކެވެ.