ހިޔާ ފްލެޓިތައް ސަރަހައްދުގެ މަގުތަކުގެ މަސައްކަތް ނިމިއްޖެ ކަމަށް އެޗްޑީސީން ބުނެފިއެވެ.
އެ ކުންފުނިން ބުނީ މަގުތަކުގެ މަސައްކަތް ނިންމައި މިއަދު އާއްމުނަށް އެ މަގުތައް ބޭނުން ކުރެވޭނެ ކަމަށެވެ.
އެ ސަރަހައްދުގެ މަގުތައް ނަހަދާ ހުރުމުން ވައިގަދަވާއިރު ވެލި އަދި ކުނި ކަހަލަ ތަކެތި ފްލެޓުތަކަށް ވަންނަ ކަމުގެ ޝަކުވާތައް ވަރަށް ގިނަ ބަޔަކު ކުރިއެވެ.
ހިޔާ ސަރަހައްދުގެ މަގުތައް ހެދުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި އާންމުންނަށް މާދަމާއިން ފެށިގެން މި މަގުތައް ބޭނުންކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ. pic.twitter.com/ldVcfScJPb
— HDC (@hdcmaldives) March 3, 2022
އެޗްޑީސީން ބުނީ މަގުތައް ހުޅުވާލުމުގެ އިތުރުން މި މަސް ނިމުމުގެ ކުރިން ޒަރޫރީ ބޭނުންތައް އެ ސަރަހައްދުން ލިބޭނެ އިންތިޒާމް ހަމަޖައްސަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!