ކަންނެލި މަސްވެރިކަމަށް ލޭނު އަޅަން ހުދަ ދިނުމަށް މަސްވެރިން ދެކޮޅު ކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ބުނެފިއެވެ.
އެ ޖަމިއްޔާއިން މިހެން ބުނީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ކުރެއްވި ޓްވީޓަކާއި ގުޅިގެން ނެވެ.
ފިޝަރީޒް މިނިސްރީން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ އޯޝަން ހަންޓަރ ފިޝަރީޒް ގެ ސީ.އީ.އޯ ހުސައިން ޝަރީފް، ފިޝަރީޒް މިނިސްޓަރަކަށް ޑރ. ހުސައިން ރަޝީދު ހަސަންއާއި ބައްދަލު ކުރަށްވާފައިވާ ކަމަށެވެ. އިއްޔެ ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ލޭނު މަސްވެރިކަމާއި ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަަމަށް އެ ފިޝަރީޒް މިނިސްޓްރީގެ އެ ޓްވީޓްގައި ވިދާޅުވެފަ ވެއެވެ.
އެ ޓްވީޓާއި ގުޅިގެން ބީކޭއެމްޔޫ އިން ވިދާޅުވީ، ކަންނެލި މަސްވެރިކަމަށް ލޭނު އަޅަން ހުދަ ދިނުމަށް މަސްވެރިން ދެކޮޅު ކަމަށެވެ.
"ކަންނެލި މަސްވެރިކަމަށް ލޭނު އަޅަން ހުދަ ދިނުމަށް މަސްވެރިން ދެކޮޅު. މިއީ ވަރަށް ބޮޑު ކަންބުވުމެއް އޮތް ކަމެއް. ޒަމާނުންސުރެ ދިވެހިން ކުރަމުން އައި މަސްވެރިކަމަށްވެސް ހުތުރު. ކަަންނެލި ކިލޯއަކަށް ލިބެމުން އަންނަ އަގު ބޮޑުތަނުން ދަށްވުމުގެ ބިރު ވަރަށް ބޮޑު" އެ ޖަމިއްޔާއިން ބުނެފަ ވެއެވެ.
ކަންނެލި މަސްެވެރިކަމަށް ލޭނު އަޅަން ހުދަ ދިނުމަށް މަސްވެރިން ދެކޮޅު. މިއީ ވަރަށް ބޮޑު ކަންބުވުމެއް އޮތް ކަމެއް. ޒަމާނުންސުރެ ދިވެހިން ކުރަމުން އައި މަސްވެރިކަމަށްވެސް ހުތުރު.ކަަންނެލި ކިލޯއަކަށް ލިބެމުން އަންނަ އަގު ބޮޑުތަނުން ދަށްވުމުގެ ބިރު ވަރަށް ބޮޑު. https://t.co/MGhBbxbhKh
— Bodu Kanneli Masveringe union- BKMU (@FishermensUnion) February 28, 2022
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީކޭއެމްޔޫ) ގެ ނަމުގައި މަސްވެރިންގެ ހައްޤުގައި ވަކާލާތުކޮށް އަޑު އުފުލުމަށް މިޖަމިއްޔާ ރަޖިސްޓްރީކޮށްފައި ވަނީ 2020 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 9 ވަނަ ދުވަހުއެވެ. މި ޖަމިއްޔާއިން އަންނަނީ ކަންނެލި މަސްވެރިންނާއި ގުޅިގެން ތަފާތު ހަރަކާތްތައް ހިންގައި، ކަންނެލި މަސްވެރިންގެ ހައްގުގައި އަޑު އުފުލައި މިނޫންވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!