އެމްޑީއެންއަށް އަލުން ހުއްދަދޭން ހިއުމަން ރައިޓްސް ވޮޗުން ގޮވާލައިފިއެވެ.
މިކަމަށް ގޮވާލާ ހިއުމަން ރައިޓްސް ވޮޗުން ނެރުނު ދިގު ބަޔާނުގައި ބުނެފައި ވަނީމޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯޓް (އެމްޑީއެން) ގެ ހަރަކާތްތައް ސަރުކާރުން ވަގުތީގޮތުން ހުއްޓުވާލި މައްސަލަ ކުށްވެރިކުރާކަމަށާއި ވަގުތުން ވަގުތަށް އެމްޑީއެންއަށް އަލުން ހުއްދަ ދިނުމަށްވެސް އެޖާއަތުގެ ބަޔާނުގައި ގޮވާލައިފައިވެއެވެ.
"ހައްގުތަކަށް ވަކާލާތު ކުރާ ޖަމާއަތަކަށް"، ދީނީ ޖަމާއަތްތަކުން ދޭ ހަމާލާތައް ތަހުގީގު ކޮށް ފިޔަވަޅު އެޅުމަށް މިބަޔާނުގައި ގޮވާލާފައިވެއެވެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އޮތް ހުރަސްތައް ނައްތާލައްވާނެ ކަމަށް ވިދާޅުވެ އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ކެމްޕޭން ވައުދު ފުއްދެވި ގޮތަށް ޑިމޮކްރަސީ ނެޓްވޯކާ ދެކޮޅަށްވެސް މިއޮތީ ވައުދެއް ފުއްދަވާފައި ކަމަށާއި، ދީނީ ގްރޫޕުތަކުގެ 'ޑިމާންޑަށް' އިސްތަށިފުޅު ތިރި ކުރެއްވެވިކަމަށްބުނެ ކުށްވެރި ކޮށްފައި ވެއެވެ. އެ ބަޔާނުގައި ދިވެހި ސަރުކާރުން ކަން ކުރަންވީ ގޮތްތައް ވަރަށް ބޮޑަށް ކިޔައި ދީފައި ވެއެވެ.
މީގެ އިތުރުން އެމްޑީއެންއާ ދެކޮޅަށް ރާއްޖޭގައި ކެމްޕޭނެއް ހިންގަމުން ދަނީ ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހުތަކާއެކު އެ ގާނޫނު، ދީނީ ޖަމާއަތްތަކާއި އިދިކޮޅު ފަރާތްތަކާ އަރާ ހަމަކުރާނެތީ ބިރުން ކަމަށްވެސް ބުނެފައިވެއެވެ. އަދި ރާއްޖޭގައި ހަރަކާތްތެރިވާ ދީނީ ބައެއް އިލްމުވެރިންނަކީ އައިސިސްގެ ފަލްސަފާ ޕްރޮމޯޓު ކުރާ ބައެއް ކަމަށްވެސް އެ ބަޔާނުގައި ތުހުމަތު ކޮށްފައިވެއެވެ.
އަދި އެ އަމަލަކީ ރާއްޖެއިން ސޮއިކޮށްފައި އޮތް "ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް" މުއާހަދާއާވެސް ހިލާފު ކަމެއް ކަމަށާ، ރާއްޖޭގެ ހަމަޖެހުމާއި މަސްލަހަތަށް މަސައްކަތް ކުރާ ޖަމްއިއްޔާއެއް ހުއްޓުވާލުމަކީ ބައިނަލްއަގުވާމީ ހަމަތަކުގެ މަތިން ކުރެވޭނެ ކަމެއް ނޫންކަމަށް އެޗްއާރުޑަބްލިޔު ގެ އެސޯސިއޭޓް އޭޝިއާ ޑައިރެކްޓަރު ޕެޓްރީޝިއާ ގޮސްމަން ވިދާޅުވެފައި ވެއެވެ.
The Maldives govt should reverse decision to “temporarily” shut down @MDN_mv, the country’s leading human rights organization and instead investigate Islamist groups responsible for inciting violence against activists, uphold free speech rights @hrw https://t.co/if5e2MC7r0
— meenakshi ganguly (@mg2411) October 11, 2019
ޤުރުއާނާއި ރަސޫލާއަށް ކުޑައިމީސް ވާ ގޮތަށް އެމްޑީއެން އިން ނެރުނު ބަޔާނުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާއިރު ސަރުކާރުން މިހާރު ވަނީ އެމްޑީއެންގެ ހަރަކާތްތައް ހުއްޓުވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!