އިއްޔެ ދުވާފަރުގައި، މަދު ބަޔަކު ނިކުމެ ތިޔަ ހިންގެވީ ފިތުނަ ފަސާދަ އުފަށްދަން ހިންގެވި ސިޔާސީ ހަރަކާތެއްކަމަށް ދުވާފަރު ދާއިރާގެ އިއްޒަތްތެރި މެންބަރު އިސްމާއިލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ދުވާފަރު ދާއިރާގެ މެންބަރު މިހެން ވިދާޅުވެފައިވަނީ ރޭ އެބޭފުޅާގެ ފޭސްބުކް އަދި ޓުވީޓަރގައި ލިއުއްވި ޕޯސްޓެއްގައެވެ. މިޕޯސްޓުގައި އިތުރަށް ބުނެފައިވަނީ
މި މައްސަލާގައި ސަރުކާރުން ވަނީ ރަނގަޅު ފިޔަވަޅެއް އަޅުއްވާފަ، އަދި އެމައްސަލައިގެ ތަހުގީގު ބާރަށް ކުރިޔަށް އެބަ ގެންދަވާ.. އިސްލާމް ދީނުގެ ނަމުގައި ފިތުނަ އުފެދޭ ގޮތަށް ތިޔަ ޒާތަށް ހަރަކާތްތައް ހިންގައި، ރަށުގެ މަސްލަހަތު ނަގާލަން ތިޔަ ކުރަށްވަވާ މަސައްކަތް ހުއްޓާލަން އަޅުގަނޑު ގޮވާލަން... މާތްވި އިސްލާމް ދީނުގެ ދިފާއުގައި އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅުއްވާނެ ކަމުގެ ޔަގީންކަން ރައީސުލް ޖުމުހޫރިއްޔާ ވަނީ ދެއްވަވާފަ...
ޔޫތް މިނިސްޓްރީން އެމްޑީއެން އުވާލުމަށް ނެރުނު ބަޔާން ހިމަނުއްވާ މެންބަރު ވިދާޅުވެފައިވެއެވެ.
އެމްޑީއެންގެ ފިކުރަށް ޖާގަ ދިނުމަށް ބޭނުންނުވާ ކަމަށްބުނެ ރ.ދުވާފަރުގައި އެރަށު ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވެ ހިނގައިލުމެއް އިއްޔެވަނީ ކުރިއަށް ގެންގޮސްފައެވެ.

މިއެއްވުން ކުރިއށް ދިޔައީ އެކި ޝުއޫރުތައް ލިޔެފައި ހުރި ގަނޑުކޮޅުތައްވެސް ހިފައިގެންނެވެ. ރައްޔިތުން ވަނީ، ލާދީނީ ފިކުރާއި ދެކޮޅު ކަމާއި، އިސްލާމް ދީނުގެ ދިފާއުގައި ތިބުމަށް މި މުޒާހަރާގައި ގޮވާލާފައިވެއެވެ.