އަޅުގަޑު ހަނދާންވާގޮތުގައި ދިވެހިރައްޔިތުން ބޭނުންވީ އަތޮޅުވެރިޔާއާއި ކަތީބުންނަކީ ރައްޔިތުން އިންތިޚާބުކުރާ ބަޔަކަށްވުމަށެވެ.

އަދި ރަށްކުރިއަރުވާ ކޮމިޓީއާއި އަތޮޅު ކުރިއަރުވާ ކޮމިޓީއަކީ ވެސް ރައްޔިތުން އިންތިޚާބުކުރާ ބަޔަކަށް ވުމަށެވެ. އަދި އެމީހުން ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތައް އިންތިޒާމުކޮށް ތަރުތީބުކަރަނީ އަތޮޅާއި ރަށުގެ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށްކަން ކަށަވަރު ކުރުމަށެވެ.

Ad
rt

އެއްގޮތަކަށްވެސް މިލިޔަންމިލިޔަން ޑޮލަރުގެ އަގުބޮޑު ލޯކަލްގަވަނަންސް ނިޒާމެއް ރައްޔިތުން ބޭނުންވެގެން އެވާހަކަ ދެއްކި އަދި އަޑުއުފުލި ހަނދާނެއް ނުވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ދަށުގެއެއް އަތޮޅުފެންވަރުގައި އަދި ރަށުފެންވަރުގައި ގާއިމުކުރުމަށް ވެސް ރައްޔިތުން އެދުނު ހަނދާނެއް ނުވެއެވެ.

އެހެންނަމަވެސް، ރައްޔިތުންނަށް ލިބުނީ އެމީހުންނާ ނުބައްދަލު އިންތިހާދަރަޖައަށް ބޮޑުއަގުދީގެން ހިންގަންޖެހޭ އޮޅުންބޮޅުންބޮޑު، ބޭރުކަރަތަކުން އެތެރެކުރި، އެހާމެ ބީރައްޓެހި ނިޒާމެކެވެ.

ކޮންމެހެން އަތޮޅާއި ރަށްކުރިއަރުވާނެ ބައެއްވެސް ނޫނެވެ. ވަކިބައެއްގެ ސިޔާސީ މަސްލަހަތު ކުރިއެރުވުމަށް ފޫގަޅައިގެން ޖާނާއި މާލުން ގުރުބާންވާން ތިބި ކައުންސިލް ތަކެކެވެ. މިއަދު ރައްޔިތުން ގާތު ރައްޔިތުން ބޭނުންވާގޮތެއް އަހާނެ ބަޔަކުވެސް ނެތެވެ. މިއަދު ވަނީ ބައިބައިވެފައިވާ މުޖުތަމައު ތަކެކެވެ. ހިތާމައިގެ ކޮޅެއް ނެތެވެ. މޮޅަށް ދެނެވޮޑިގެންވަނީ މާތްﷲ އެވެ.