ހއ. ކެލާގައި "ކެލާ ސްޕަރ ލީގު 2022" ގެ ނަމުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ މުބާރާތުގައި ޓީމްތައް ރަޖިސްޓަރީ ކުރުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.

ކެލާ ސްޕަރ ލީގަކީ އެ ރަށު ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ 15 ޖުލައި 2022 ވާ ހުކުރު ދުވަހު ކެލާ ފުޓްބޯޅަ ދަނޑުގައެވެ.

Ad
rt

މި މުބާރާތުގައި ޓީމްތައް ރަޖިސްޓަރީ ކުރުމަށް ފުރުޞަތު ހުޅުވާލައި އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ އެ ކައުންސިލުން ރާވާ ހިންގާ ކުޅިވަރު މުބާރާތްތަކުގައި ޓީމްތައް ބައިވެރިވުމާބެހޭ އުޞޫލުގައިވާ ގޮތުގެ މަތިން މި މުބާރާތުގައި ބައިވެރިވުމަށްއެދޭ ޓީމްތަކުން 28 ފެބްރުއަރީ 2022 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރީ ކުރުމުގެ ކަންކަން ފުރިހަމަ ކުރުމަށެވެ.

އެ އިޢުލާނުގައި އިތުރަށް ވިދާޅުވެފައި ވަނީ ޓީމްތައް ރަޖިސްޓްރީ ކުރުމަށްއެދޭ ފޯމް ކައުންސިލް އިދާރާގެ ކައުންޓަރުންނާއި އެ ކައުންސިލްގެ ފޭސްބުކް ޕޭޖުން ލިބެން ހުންނާނެ ކަމަށެވެ.