އެމް.ޑަބްލިޔު.އެސް.ސީ އަށް ބިޒްނަސް ކޮންޓިނިއުޓީ ޕްލޭން އަދި ޑިޒާސްޓަރ ރިކަވަރީ ޕްލޭނެއް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނު ކޮށްފިއެވެ.

މިއަދު އެމްޑްބްލިޔު.އެސް.ސީ އިން ގެޒެޓް ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެކުންފުނީގެ ފަރާތުންދޭ މައުލޫމާތާއި އެއްގޮތްވާގޮތުގެ މަތިން އެމް.ޑަބްލިޔު.އެސް.ސީ އަށް ބިޒްނަސް ކޮންޓިނިއުޓީ ޕްލޭން އަދި ޑިޒާސްޓަރ ރިކަވަރީ ޕްލޭނެއް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެގެން ކުރެވުނު އިޢުލާން ނަމްބަރު (MWSC-L/3/ADV/2019/104) އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީވެ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރާކަމަށެވެ.

Ad
rt

މި ޕްލޭންތައް ތައްޔާރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކުން މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށް މި އިއުލާނުގައި ވަނީ ބުނެފައެވެ. އެގޮތުން، 13 އޮކްޓޯބަރ 2019 ދުވަހު11:30 އަށް އެމް.ޑަބްލިޔު.އެސް.ސީ (ފެން ބިލްޑިންގ، 5 ވަނަ ފަންގިފިލާ) އަށް ދުރުވެ މަޢުލޫމާތު ސާފުކޮށް، 15 އޮކްޓޯބަރ 2019 ދުވަހު14:00 އަށް އަގު ހުށަހެޅުމަށް މި އިއުލާނުގައި ބުނެފައިވެއެވެ.