ދިވެހި ބަހުގެ އެކަޑެމީއިން ބާއްވާ ކުރުވާހަކަ ލިޔުމުގެ މުބާރާތުން 16 އަހަރާއި 21 އަހަރާ ދެމެދުގެ އުމުރުފުރާއިން ތިން ވަނަ ޖަލާލުއްދީން ސުކޫލުން ހޯދައިފިއެވެ.

މި މުބާރާތުގެ ނަޖީޖާ ފާޅުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހު އޮލިންޕަހުގައި ކުރިއަށް ދިޔަ 2018 ވަނަ އަހަރުގެ އަދަބީ މުބާރާތްތަކުގެ ނަތީޖާފާޅުކުރުމުގެ ހަފްލާގެ ތެރެއިންނެވެ. ވާހަކަ ލިޔުމުގެ މުބާރާތުގެ 16 އަހަރާއި 21 އަހަރާ ދެމެދުގެ އުމުރުފުރާއިން ޖަލާލުއްދީން ތިންވަނަ ހޯދިއިރު އެ އުމުރުފުރާއިން ދެވަނަ ހޯދާފައިވަނީވެސް އެ ސްކޫލުގެ ދަރިވަރެއްކަމަށްވާ މުހައްމަދު ސާފީއެވެ.

Ad
rt

ޤައުމީ ކުރުވާހަކަ ލިޔުމުގެ މުބާރާތުން 16 އަހަރާއި 21 އަހަރާ ދެމެދުގެ އުމުރުފުރާއިން 1 ވަނަ ހޯދާފައިވަނީ އިހަވަންދޫ ސްކޫލުންނެވެ. އެ އުމުރުފުރައިގެ 1 ވަނަ ދަރިވަރަކަށް ހޮވިފައިވަނީ އިހަވަންދޫ ސްކޫލުގެ އާއިޝަތު އިލްމާ އަދުނާނެވެ.

2018 ވަނަ އަހަރުގެ އަދަބީ މުބާރާތްތަކުގެ ނަތީޖާފާޅުކުރުމުގެ ހަފްލާ ޝަރަފްވެރި ކޮށްދެއްވީ ސިވިލްސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމެވެ.

(ނިމުނީ)