މި އަހަރުގެ ޓީޗަރުންގެ ދުވަހާއި ގުޅުވައިގެ ހދ.ވައިކަރަދޫ މުޙައްމަދު ރަބީޢު ހެދި ޅެން ހާއްސަކޮށް ފައިވަނީ އޮގަސްޓް މަހުގެ 29 ވަނަ ދުވަހު ހިނގާދިޔަ ހިތާމަވެރި ހާދިސާގައި ކަނޑުވެ މި ފަނާވަނިވި ދުނިޔެދޫކުރެއްވި އެދުރެއްކަމަށް ވާ މަރުޙޫމް ޙުސައިން އަބްދުﷲ (ބޮޑު ޓީޗަރު) ގެ ހަނދާނުގައެވެ.
އަޅުގަނޑުމެން ނާއި ވަކިވެގެން ދިޔައީ ތައުލީމީ ޚިދުމަތްތެރި، އަދި އެތައް ދަރިވަރެއްގެ މުދައްރިސެކެވެ. އިޖްތިމާއީ ޚިދުމަތުގެ އިތުރުން އެއީ ދީނީ ކަންކަމުގައި ނަމޫނާ ބޭފުޅެކެވެ. އެންމެންނާއިވެސް ހިނިތުންވުމަކާއެކު ބައްދަލުކުރައްވާ ސަކަ މިޒާޖެއްގެ އެކުވެރިއެކެވެ.
ރަބީއުގެ ޅެމުގައިވެސް ވަނީ މިކަން ފާހަގަކޮށްފައެވެ.
ނޮޅިވަރަންފަރުން ފުރައިގެން ހަނިމާދޫ އަށް ކުރި ދަތުރުގައި މޫސުން ގޯސްވެ ލޯންޗް ބަންޑުން ޖަހާލައި ބޮޑު ޓީޗަރާއި އޭނާގެ އަންހެނުން މަރިޔަމް މަނިކެ އާއި އެ ދެމަފިރިންގެ ހަމައެކަނި އަންހެން ދަރިފުޅު ގުރައިޝާ އަބްދުﷲ އަދި ގުރެއިޝާގެ ތިން އަހަރުގެ އަންހެން ދަރިފުޅު ވެސް މި ދުނިޔެއާ ވަކިވިއެވެ.
ނަމަވެސް ބޮޑު ޓީޗަރު ވަކިވެގެން ދިޔައީ ތައުލީމީ އެތަކެއް ޖީލެއް ބިނާކުރެވުމަށް ފަހުއެވެ. ތައުލީމީ އެތަކެއް ދަރިވަރުންނެއް ގައުމަށް ނެރެދެއްވާފައެވެ.
ބައިނަލް އަޤުވާމީ މުދައްރިސުންގެ ދުވަސް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފާހަގަ ކުރި އިރު މިޅެން ތަފާތުވަނީ ރާއްޖޭގެ ގިނަ ބައެއް ދަންނަ ނަމުން ނަމަ ބޮޑުޓީޗަރު ގެ ހަނދާނުގައި އެޓީޗަރުގެ ކައިރިން އެދުރުވި ދަރިވަރަކު ހެދިޅެމަކަށް ވާތީއެވެ.
މުޅިޅެމުގައި ބޮޑުޓީޗަރާއި މެދު ދަރިވަރުގެ ޝުއޫރު ފަޅުކޮށްފައިވަނީ ނުހަނު ހިތާމަޔާއެކުގައެވެ. މި ޅެމަށްވަނީ ގިނަބަޔެއްގެ ސަމާލުކަން ލިބިފައެވެ.
އަޅުގަނޑުމެން ވެސް އެދެނީ ވަކިވެގެން ދިޔަ ފުރާނަތަކަށް ސަހީދުންގެ ދަރަޖަދެއްވާ ސުވަރުގެ މިންވަރު ކުރެއްވުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!