ސީޕްލޭން ޓާމިނަލަށް ޖައްސާ ސީޕްލޭންތައް ހުޅުމާލެ މަތިން ދަތުރު ނުކުރާ ގޮތަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ރޫޓް ބަދަލުކޮށްފިއެވެ.

އެމްއޭސީއެލް އިން ބުނެފައިވާގޮތުގައި މިއީ އެ ކުންފުނީގެ މާސްޓަޕްލޭނާ އެއްގޮތަށް ގެނައި ބަދަލެކެވެ. އެގޮތުން، ދެން ސީޕްލޭންތައް ޖައްސާނީ ހުޅުމާލެ އިރުމަތީ ފަޅާ ދިމާލުން އޮންނަ ރޫޓް ބޭނުން ކޮށްގެން ކަމަށް އެ ކުންފުނިން ބުނެއެވެ.

Ad
rt

ފާއިތުވި އަހަރުތަކުގައި ހުޅުމާލެ މަތިން ސީޕއލޭން ދަތުރު ކުރާތީ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ސީޕްލޭންތަކުގެ އަޑު ގަދަކަމުން ނިދަން އުނދަގޫވުން ފަދަ ކަންކަން ދިމާވާކަމަށް ހުޅުމާލޭގައި ދިރިއުޅޭ އާއްމުން ދިޔައީ ޝަކުވާ ކުރަމުންނެވެ.

ވީއައިއޭގެ ސީޕްލޭން ޓާމިނަލުގައި މިވަގުތު ހަތަރު ވޯޓާ ރަންވޭ ބޭނުންކުރެއެވެ. މިއީ ދުނިޔޭގައި ވެސް އޮތް އެންމެ ބާރު ބޮޑު ވޯޓާ ރަންވޭއެވެ.