ށ. ނަރުދޫގައި އަލަށް ތަރައްގީ ކުރި ފެނަކަ ކޯޕަރޭޝަންގެ އާ އިންޖީނުގޭގެ މަސައްކަތް ނިންމައި ހިދުމަތް ދޭން ފަށައިފިއެވެ.

އިންޖީނުގެއާ އެކު އާ އޮފީސް ބައި ވެސް ވަނީ މިހާރު ބޭނުން ކުރަން ފަށާފައެވެ. މި އިންޖީނުގެއާއެކު ރައްޔިތުންނަށް މެދު ނުކެނޑި ކަރަންޓުގެ ހިދުމަށް ދެވިގެންދާނެ ކަމަށް ފެނަކައިން ބުންޏެވެ.

Ad
rt

އެ ރަށުގައި އަލަށް ތަރައްގީ ކުރީ 250 ކިލޯވޮޓުގެ އިންޖީނުގެއެކެވެ.

ހަ ސަތޭކައަށްވުރެ ބޮޑު އާބާދީއެއް އޮންނަ ނަރުދޫގައި އާ އިންޖީނުގޭގެ ސަބަބުން ކަރަންޓުގެ މައްސަލައަށް ހައްލެއް ލިބި ރައްޔިތުންނަށް ފަސޭހަވެގެންދާނެއެވެ.

މިއީ ރަށްރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ދުވަސްވީ އިންޖީނުގެތައް ޒަމާނީ ވަސީލަތްތަކާއެކު އެކަހެރި ސަރަހައްދުތަކަށް ބަދަލުކޮށް ތަރައްގީ ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ތަރައްގީ ކުރި އިންޖީނުގެއެކެވެ. ގިނަ ރަށްތަކެއްގެ އިންޖީނުގެ އާ ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.