ހއ. ފިއްލަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމްކުރި ފަހާ ކޯސް ފަށައިފިއެވެ.

26 ބައިވެރިންނާއިއެކު ފިއްލަދޫގައި ކުރިއަށްގެންދާ މި ކޯހަކީ، ފިއްލަދޫގެ އަންހެންވެރިން ގޭގައި ތިބެގެން އާމްދަނީ ހޯދުމުގެ ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން ފިއްލަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ކުރިއަށް ގެންދާ ކޯހެކެވެ.

Ad
rt

މި ކޯހުގައި ތަފާތު އެކި ޑިޒައިންތަކަށް ހެދުމުގެ މޭމައްޗާއި ފަސްބައި ތައްޔާރުކުރާނެ ގޮތާއި އަދި އަބާޔާ ހެދުން ފަހަން ދަސްކޮށްދެވޭނެއެވެ.

މީގެއިތުރުން އާދައިގެ ހެދުމާއި، ޔުނީފޯރމް ފަހަންދަސްކޮށްދިނުމުގެ ބައިތަކުގެ އިތުރުން ބައިވެރިން ބޭނުންވާ ވައްތަރުގެ އެކިކަހަލަ ތަކެތި ވެސް ފަހަން ދަސްކޮށްދޭނެއެވެ.

2000 ރުފިޔާގެ ފީ އަކާއެކު ކުރިއަށް ގެންދާ މި ކޯހުގެ ބައިވެރިންނަށް ބޭނުން ވާ ފޮތި ފޯރުކޮށްދެނީ ފިއްލަދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީންނެވެ.

އިއްޔެ ފެށި މި ކޯހަކީ 1 މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މިކޯހެކެވެ.