މިރޭ މާލޭގައި އިދިކޮޅުން ކުރިއަށްގެންދިޔަ މުޒާހަރާ ރޫޅާލުމުގެ ތެރޭގައި އާންމުންނާއި ނޫސްވެރިންނަށް އަނިޔާވެއްޖެ އެވެ.

ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނުން އިސްނަގައިގެން، ފިޔަވަތީގައި ހިނގާ ކަންކަމާ ދެކޮޅަށް އަޑު އުފުލުމަށް މާލޭގައި މިރޭ ބޭއްވި މުޒާހަރާ ކަވަރުކުރުމަށް އުޅުނު 13 ގެ ނޫސްވެރިއެއްގެ ބޯ ފަޅައިގެން ދިއުމުން ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް އަންނަނީ ފަރުވާދެމުން ނެވެ. އާންމުންނާއި ފުލުހުންނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގެ ތެރެއިން އޭނާގެ ބޯ ފަޅައިގެން ގޮސްފައި ވަނީ މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ކަންމަތިންކަމަށް މަޢުލޫމާތުލިބިފައިވެއެވެ. މިސަރަހައްދުން އެޗެނަލްގެ އިތުރު ނޫސްވެރިއަކަށްވެސް ވަނީ އަނިޔާވެފައެވެ.

Ad
rt

ހެންވޭރު ބޮޑުތަކުރުފާނު މަގުގައި ހުންނަ ޕީޕީއެމްގެ އޮފީސް ކުރިމަތިން ފެށި މި މުޒާހާރާ ކަވަރުކުރަން އުޅުނު ނޫސްވެރިންނަށް ހުރަސްއަޅަމުންދާ ކަމަށާއި އަނިޔާކުރާ ކަމަށް ވަނީ ތުޙުމަތުކޮށްފައެވެ. ފުލުހުންގެ މީޑިޔާ ގުރޫޕުގައި އެކި ނޫސްތަކުން މިކަމުގެ ޝަކުވާ ކުރިނަމަވެސް މިކަމަށް އެއްވެސް ޖަވާބެއް ފުލުހުންގެ މީޑިޔާއިން ދީފައިނުވާކަން ފާހަގަ ކޮށްލެވެއެވެ. ނޫސްވެރިންނާއި އާންމުންނަށް އަނިޔާވެފައިވާ މަންޒަރުތައްވެސް ނޫސްވެރިންވަނީ ފުުހުންގެ މީޑިޔާގައި ހިއްސާކޮށްފައެވެ. މިކމާއި ގުޅިގެން ފުލުހުން އެއްވެސް ޖަވާބެއްނުދެ އެވެ.

މި މުޒާހަރާގެ ތެރެއިން ބައެއް މީހުން ވަނީ ހައްޔަރު ވެސް ކޮށްފައިވާއިރު މުޒާހަރާ ރޫޅާލަން ފުލުހުން ވަނީ ޝީލްޑާއި ޕެޕާ ސްޕްރޭ ބޭނުންކޮށްފަ އެވެ. މި ކުރިމަތިލުންތަކުގައި ބައެއް އާންމުންނަށް އަނިޔާވެގެންވަނީ ފަރުވާދީފަ އެވެ.

ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނުން އިސްނަގައިގެން، ފިޔަވަތީގައި ހިނގާ ކަންކަމާ ދެކޮޅަށް އަޑު އުފުލުމަށް ބޭއްވި މުޒާހަރާގެ ބައިވެރިން ވަނީ އަދުލު އިންސާފު ގާއިމް ކުރުމަށާއި ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައިފަ އެވެ.