ކޯވިޑް-19އާއި ގުޅިގެން އެމެރިކާގެ އިގްތިޞާދަށް ކުރިމަތިވި ހީނަރުކަމާއި އެކު ޗައިނާގައި ބިލިއަނަރުން އުފެދުނު މިންވަރު އިތުރުވެގެން ދިޔައެވެ.
ނަމަވެސް ކޮމިނިސްޓް ޤައުމެއްކަމަށްވާ ޗައިނާގައި އުފެދުނު ބިލިއަނަރުންގެ އަދަދު އަނެއްކާވެސް މަދުވަމުން އަންނަކަމަށް އެ ގައުމާއި ހަވާލާދީ ބައިނަލްއަގްވާމީ ރިޕޯޓުތައް ބުނެއެވެ.
މިގޮތުން އެގައުމުގެ 800 މިލިއަނަށްވުރެ ގިނަ މީހުންގެ ދިރިއުޅުމުގެ ހާލަތު ބަދަލުވަމުން އައިސްފައިވާއިރު، 600 މިލިއަނަށްވުރެން ގިނަ މީހުންނަށް މަހެއްގެ މައްޗަށް 150 ޑޮލަރުވެސް އާމްދަނީގެ ގޮތުގައި ނުލިބޭކަމަށް އެގައުމުން ވަނީ ބުނެފައެވެ.
ވޯރލްޑް ބޭންކްގެ ތަފާސްހިސާބުތަކަށް ބަލާއިރު 1978 ވަނަ އަހަރުން ފެށިގެން ޗައިނާގައި 800 މިލިއަނަށްވުރެން ގިނަ މީހުންގެ ދިރިއުޅުމުގެ ފެންވަރު ރަގަޅުވެފައިވާކަމަށް ދައްކައެވެ. އަދި އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަކީ މެދު ފަންތީގެ އާމްދަނީ ލިބޭ މީހުންގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
ފާއިތުވި 2020 ވަނަ އަހަރު އެމެރިކާގައި 696 ބިލިއަނަރުން އުފެދިފައިވާއިރު، ޗައިނާގައި އުފެދިފައިވަނީ 1058 ބިލިއަނަރުންކަމަށް ދިރާސާގައި ހާމަކޮށްފައިވެއެވެ.
ނަމަވެސް 2028 އައުމުގެ ކުރިން ޗައިނާއިން އަނެއްކާވެސް އިގްތިޞާދީ ގޮތުން އެމެރިކާއަށްވުރެން ކުރިއަށް ޖެހިލާނެކަމަށާއި ޗައިނާއަކީ އިގްތިސޯދީ ގޮތުން އެވަރުގެ ގާބިލްކަން ހުރި ޤައުމެއްކަމަށް ކަމާއި ބެހޭ މާހިރުން ހާމަކުރެއެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިން އެކުލަވާލުމަށް ނިންމަވާފައިވާ ސިޔާސަތަކީ އެޤައުމުގެ ރައުސުލްމާލު 1.4 ބިލިއަން މީހުންގެ މައްޗަށް ބަހާލުމަށެވެ.
ކޮމިއުނިސްޓް ޕާޓީއިން ބައްވާފައިވާ ބައްދަލުވުމެއްގައި ރައީސް ޝީ ވިދާޅުވެފައިވަނީ ހުރިހާ އެންމެނަށް ލިބޭ އާމްދަނީ އެއްހަމައެއްގައި ހިފެހެއްޓުމަށް މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. އެގޮތުން އެޤައުމުގައި ވިޔަފާރިން އާމްދަނީ ބޮޑަށް ލިބޭ ކުންފުނިތަކާއި، މުއްސަދިންގެ އަތުން އެމީހުންގެ މާލިއްޔަތުން އާންމު ފަރުދުންނަށް ބެހިގެންދާނެ ފަދަ ނިޒާމެއް އެކުލަވާލުމުން މިކަމަށް ހައްލެއް ލިބިގެން އަންނާނެކަމަށް ޤަބޫލް ކުރެވޭކަމަށް ރައީސްވަނީ ހާމަކުރައްވާފައެވެ.
ރައީސް ޝީގެ ޝިއާރެއްކަމަށްވާ "ކޮމަން ޕެރޮސްޕެރެޓީ" ނުވަތަ އާންމުންގެ ތަނަވަސްކަން ޝިއާރަކީ ޗައިނާގެ ލީޑަރުންގެ މެދުގައި އެހާ ރަށްޓެހި ވާހަކަތަކެއް ނޫނެވެ.
އިގްތިސާދީ މާހިރުން ބުނާގޮތުން ނަމަ، ރައީސް ޝީގެ ޕާޓީގެ މި ވިސްނުމަކީ ހުރިހާ ރައްޔިތުންގެ މެދުގައި އިގްތިސޯދީ ހަމަހަމަކަން ޤާއިމްކުރުމެވެ. ކޮމިއުނިސްޓް ޕާޓީއިން ރައްޔިތުންނަށް ދޭންބޭނުންވާ އިތުބާރަކީ މުޅި ޗައިނާއިން ފަގީރުކަން ނައްތާލުމެވެ. އެގޮތުން އެންމެންގެ މެދުގައި ހަމަހަމަކަން ޤާއިމުކުރުމަށް އައު ވައުދެއް ވާންޖެހިފައިވާކަމަށްވެސް މާހިރުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!