ހއ. ކެލާ މާބަނޑު މީހުންނަށް ހާއްސަކޮށްގެން ކެލާ ކައުންސިލާއި، ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ކުރިއަށް ގެންދާ "ނުވަ އުފާ" ޕްރޮގްރާމްގެ ދަށުން މަންތުލީ ހަދިޔާ ޕެކް ބަހަން ފަށައިފިއެވެ.
މި ޕްރޮގާމް އިފްތިތާޙް ކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ.
ކެލާ ކައުންސިލްގެ ރައީސް ޢަބުދުﷲ އިންފާޒް “ތިލަދުން”އަށް ވިދާޅުވީ، މި ޕްރޮގްރާމްގެ ދަށުން ޖުލައި މަހު އުފަންވި އެރަށުގެ ކުދިންނަށް ހަދިޔާ ޕެކް ދެވިފައިވާ ކަމަށެވެ. އަދި މި މަހުން ފެށިގެން މާބަނޑު މީހުންނަށް ހަދިޔާ ޕެކް ބަހަމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ނުވަ އުފާ ޕްރޮގްރާމްގެ ދަށުން މާބަނޑު މީހުންނަށް ދޭން ނިންމާފައިވާ މަންތުލީ ހަދިޔާ ޕެކް މިއަދު މި ބަހަންފެށީ، އިރާދަކުރެއްވިއްޔާ މި މަހުންފެށިގެން ކޮންމެ މަހަކު ވެސް ދެން މި ޕެކް ބަހަމުން ގެންދާނަން" އިންފާޒް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި މަހު އުފަންވި ކުދިންނަށް ވެސް ހަދިޔާ ޕެކް ބަހަން ނިންމާފައިވާ ކަމަށެވެ. އަދި އެކަން ކުރިއަށް ގެންދަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިންފާޒް ވިދާޅުވީ، މި ޕްރޮގްރާމް އަމާޒުކިރެވިފައިވާނީ ކެލާ ރައްޔިތުންގެ ތެރެއިން މާބނޑު އަހެނުންނަށް ކަމަށެވެ. އަދި މި ޕްރޮގްރާމްގެ މަގުސަދަކީ މާނޑު ދުވަސްވަރު މައިމީހާ އަދި ދަރިފުޅަށް ދުޅަހެޔޮ ސިއްހަތެއް ހޯދައިދިނުން ކަމަށެވެ.
މި ޕްރޮގްރާމްގެ ދަށުން މައިމީހާ ބަނޑު ބޮޑުވީއްސުރެން ވިހަންދެއް ކޮންމެ މަހަކުވެސް ދުޅަހެޔޮކާނާ ލިބޭނެ ހަދިޔާ ޕެކެއް ފޯރުކޮށް ދޭން ނިންމާފައިވާއިރު، މީގެއިތުރުން ވިހެއުމުގެ ދަތުރައް ކުރާ ހަރަދާއި، 2 މީހެއްގެ ހުރުމާއި، ކެއުން އަދި އަލަށް އުފަވާ ތުއްތު ދަރިފުޅަށް ހަދިޔާ ފޮއްޓެއް ދޭން ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!