ހއ. އަތޮޅު ޤްރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފި، 1 ވަނަ ދިއްދޫއަށް

photo_2021-08-25_19-25-31

ހއ. އަތޮޅު ޤުރުއާން މުބާރާތުގެ ނަތީޖާފާޅުކޮށްފިއެވެ.

ހއ. އަތޮޅު ސްޓޭޓްހައުސް ކޮންފަރެންސް ހޯލުގައި ބޭއްވި މި ހަަފްލާ ޝަރަފްވެރިކޮށްދެއްވާފައި ވަނީ ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޢަބްދުﷲ ނާހިދު އެވެ.

އަދި ވަނަވަނަ އަށް އައި ފަރާތްތަކަށް ތައްޓާއި ހަނދާނީ ލިއުން ހަވާލުކޮށްފައިވަނީ ޝަރަފްވެރި މެހެމާނާއި ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީގުގެ އިތުރުން އެ އަތޮޅު ކެލާ ކައުންސިލްގެ ރައީސް ޢަބްދުﷲ އިންފާޒް އަދި ދިއްދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދެވެ.

މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ 3 ބަޔަކަށް ބަހާލެވިގެންނެވެ. އެއީ ކީރިތި ޤުރުއާނުގެ 10 ފޮތުގެ ބަޔާއި 20 ފޮތުގެ ބައި އަދި 30 ފޮތުގެ ބައެވެ. މި ބައިތަކުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ކޮންމެ ބަޔަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ދަރިވަރަކު ވަނީ ހޮވާފައެވެ.

މީގެ އިތުރުން، މި މުބާރާތުގެ މުޅިމުބާރާތުން ވަނަ ހޯދި ދަރިވަރުންވެސް އެ ހަފްލާގައި ވަނީ އިއުލާން ކޮށްފައެވެ. އެގޮތުން، މުޅި މުބާރާތުން 1 ވަނަ ލިބުނު ދަރިވަރަކީ ހއ. ދިއްދޫ، ފުނަކުރި، ބައްސާމާ ސުލައިމާނެވެ. 2 ވަނަ ލިބުނު ދަރިވަރަކީ ހއ. ހޯރަފުށީ، ޕެރަޑައިސް، އަޙުމަދު ޝުޖާއެވެ. އަދި 3 ވަނަ ލިބުނު ދަރިވަރަކީ ހއ. ދިއްދޫ، ސިމްޔާމަންޒިލް، ސުމާ ސިޔާމެވެ.

ހއ. އަތޮޅުގެ ގިނަ ރަށްތަކެއް ވާދަކުރި މި މުބާރާތުގެ ފަޚުރުވެރި 1 ވަނަ ރަށަކަށް ހޮވިފައިވަނީ ދިއްދޫ އެވެ. 2 ވަނަ ލިބިފައިވަނީ ކެލާ އަށެވެ. އަދި މުބާރާތުގެ 3 ވަނަ ރަށަކަށް ހޮވިފައިވަނީ އިހަވަންދޫއެވެ.

މި މުބާރާތުގެ ފަންޑިޔާރުންގެ ގޮތުގައި ހަރަކާތްތެރިވީ އަލްޤާރީ އިބްރާހީމް ޝިފާއުއާއި އަލްޤާރީ މުޙައްމަދު ތައުފީޤް ޢަލީ އަދި އަލްޤާރިޢާ ފާޠިމަތު ރަޝީދާ އެވެ.

ކޮންމެ އަހަރަކުހެން ބާއްވަމުން އަންނަ އަތޮޅު ޤުރުއާން މުބާރާތް ކޮވިޑް-19 އައި ގުޅިގެން މިފަހަރުގެ މުބާރާތް ބޭއްވިފައިވަނީ  ވަރޗުއަލްކޮށް ރެކޯޑިންގ އަޑު އަހައިގެންނެވެ.

މިއީ ހއ. އަތޮޅު ކައުންސިލުން ޤުރުއާން މުބާރާތް ބާއްވަން ފެއްޓީއްސުރެ ވަރޗުއަލްކޮށް މި މުބާރާތް ބޭއްވި ފުރަތަމަ ފަހަރެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި