އުރުނު ބޯޓުން ތިމާވެއްޓަށް ނޭދެވޭ އަސަރުކުރާނެ އެއްވެސް އެއްޗެއް ކަނޑަށް ބޭރެއް ނުވޭ: ޓްރާންސްޕޯޓް އޮތޯރިޓީ

Rasfari

ކ. ރަސްފަރި ފަރަށް އުރިފައިވާ ޕެނަމާގެ މުދާ އުފުލާ ކާގޯ ބޯޓުން ތިމާވެއްޓަށް ނޭދެވޭ އަސަރުކުރާނެ އެއްވެސް އެއްޗެއް ކަނޑަށް ބޭރުވިކަން މިހާތަނަށް ފާހަގަކުރެވިފައި ނުވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއިން ވިދާޅުވެއްޖެއެވެ.

ޕެނަމާގައި ރަޖިސްޓަރީ ކޮށްފައިވާ ކާގޯ އުފުލާ ބޯޓެއް މި އޯގަސްޓް 19 ވަނަ ދުވަހުގެ ރޭ ފަތިހު 3:00 ހާއިރު މާލެއަތޮޅު ރަސްފަރީ ފަރަށް އަރާފައިވާ ހާދިސާއާއި ގުޅިގެން ޓްރާންސްޕޯޓް އޮތޯރިޓީއިން އާންމު ކުރެއްވި ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ، އެ އޮތޯރިޓީއާއި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި އުޅަނދުގެ ވެރިފަރާތާއި ގުޅިގެން މި އުޅަނދު ސެލްވޭޖުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ގެންދަވާ ކަމަށެވެ.

މުދާ އުފުލާ ކާގޯ ބޯޓަކީ އިންޑިޔާގެ ޓުޓުކޮރިންގ ބަދަރުން ފުރައިގެން އެފްރިކާ ބައްރަށް ދަތުރުކުރުމަށްޓަކައި އިނޮސެންޓް ޕެސޭޖުގެ ގޮތުގައި ރާއްޖޭގެ ސަރަހައްދު ހުރަސްކޮށް ދަތުރުކުރަމުންދިއަ ބޯޓެއް ކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ.

"މި ބޯޓުގައި އެއްވެސް ކާގޯއެއް ނެތެވެ. މިހާތަނަށް ލިބުނު މަޢުލޫމާތުތަކުންނާއި ބެލިބެލުމުން އެނގިފައިވަނީ މި ބޯޓު ކާށިދޫ ކަނޑުގެ ދެކުނުން އިންޖީނު ފެއިލްވުމުގެ ސަބަބުން ޑްރިފްޓްވެ މި އުޅަނދުވަނީ ފަރަށް އަރާފައި ކަމެވެ." ޓްރާންސްޕޯޓް އޮތޯރިޓީއިން ވިދާޅުވެފަވެއެވެ.

އެ އޮތޯރިޓީން ވިދާޅުވީ، މި ބޯޓު ފަރަށް އެރުމާއި ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާޑާއި، އެންވަޔަރުމަންޓް ޕްރޮޓެކްޝަން އެޖެންސީއާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއާއި، މޯލްޑިވްސް އިމިގްރޭޝަންއާއި ޕޯޓް ހެލްތާއި އަދި މި އުޅަނދުގެ ލޯކަލް އެޖެންޓުގެ ގޮތުގައި ކަނޑައަޅާފައިވާ ފަރާތުން ބޯޓު ފުންކުރުމުގެ މަސައްކަތް ކުރަމުން ގެންދަވާ ކަމަށެވެ.

"މިހާތަނަށް ބެލިބެލުމުން މި އުޅަނދުން ތިމާވެއްޓަށް ނޭދެވޭ އަސަރުކުރާނެ އެއްވެސް އެއްޗެއް ކަނޑަށް ބޭރުވެފައި ނުވާކަން ފާހަގަކުރެވެއެވެ. އަދި މި ބޯޓުގައި ބޯޓު ދުއްވުމަށް ބޭނުންކުރުމަށް ހުރި 1200 ޓަނުގެ ލޯސަލްފާ އައި.އެފް.އޯ އަދި 80 ޓަނުގެ ލޯސަލްފާ މެރިންގ ގޭސް އޮއިލް ބޯޓުގައި ހުރިކަން ފާހަގަ ކުރެވިފައިވެއެވެ. އަދި ކަނޑަށް ތެޔޮ ބޭރު ނުވާނެގޮތަށް ކަންކަން ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އުޅަނދުގެ ވެރިފަރާތަށް މިހާރުވަނީ އެންގިފައެވެ." ޓްރާންސްޕޯޓް އޮތޯރިޓީއިން ވިދާޅުވެފަވެއެވެ.

https://thiladhun.wonstasite.com/70644

މި ބޯޓު ފަރުން ނެގުމަށްޓަކައި ސެލްވޭޖު އޮޕަރޭޝަން ހިންގުމަށް ކުރަންޖެހޭ މަސައްކަތް ބޯޓުގެ ވެރިފަރާތުން ގެންދަނީ ސަރުކާރުގެ މުއައްސަސާތަކާއި ގުޅިގެން ކުރަމުންކަމުގައިވެސް ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވެފަވެއެވެ.

ހިމާޔަތްކޮށްފައިވާ ރަސްފަރި ފަރަށް އުރިފައި ވަނީ ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ 190 މީޓަރުގެ “ނެވިއޮސް އަމަރީލިސް” ކިޔާ ބޯޓެކެވެ. 3 ހެކްޓަރުގެ ރަސްފަރި ފަރަކީ ތިމާވެށި ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ރަށެވެ.

ބޯޓު އުރުމުގެ ސަބަބުން އެ ފަރަށް ލިބިދާނެ ގެއްލުންތަކަށްޓަކައި ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި