ހދ.މަކުނުދޫ ބަނދަރު ސަރަހައްދުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ މޮނިއުމަންޓް ފަރުމާކުރުމުގެ ފުރުޞަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ.

ހުށައަޅާ ފަރުމާތަކުގެ ތެރެއިން އެންމެ ރަނގަޅުކަމަށް ކަނޑައެޅޭ ފަރުމާއަކަށް 2000ރ ( ދެހާސް ރުފިޔާ ) ދިނުމަށް ހަމަޖެހިފައިވާއިރު، މޮނިއުމެންޓް ފަރުމާ ކުރުމުގައި ގެންގުޅެން ޖެހޭނޭ އުސޫލުތައް ވެސް އެ ކައުންސިލުން ވަނީ އާންމު ކޮށްފައވެ.

Ad
rt

މިގޮތުން ފަރުމާކުރެވޭ މޮނިއުމަންޓް ވާންވާނީ އިސްލާމްދީނުގެ އަސްލުތަކާއި ޚިލާފު ނުވާގޮތެއްގެ މަތިން ދިވެހިރާއްޖޭގެ ޤާނޫނުތަކާއި، ޤަވައިދުތަކަށް ފެތޭ ފަރުމާއަކަށް ކަމުގައި އެ އުސޫލުގައި ބުނެފައިވާއިރު، އެ މޮނިއުމަންޓްގައި "ހދ.މަކުނުދޫ" ދިވެހި ބަހުންނާއި އިނގިރޭސި ބަހުން އޮންނަން ވާނެ ކަމުގައި ވަނީ ބުނެފައެވެ. އަދި އެ ރަށާއި ގުޅޭ ފަރުމާތަކަށް އިސްކަން ދެވޭނެކަމުގައި ބުނެފައިވާއިރު، ހުށަހަޅާ ފަރުމާގައި އެކުލެވިގެންވާ ރަމްޒީ މާނަ ތަފްސީލުކޮށް ލިޔުމުން ހުށަހަޅަން ވާނެ ކަމުގައި އެ އުސޫލުގައި ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން އެ ކައުންސިލް މެމްބަރ މުޙައްމަދު ޝައްމާޚް ނަމްބަރ 9835643 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.

މޮނިއުމަންޓް ފަރުމާކޮށް ހުށައެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން 2021 ސެޕްޓެމްބަރ 15 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން makunudhoocouncil.haadhaalu@gmail.comއަށް މެއިލް ކުރެއްވުން އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.