ހަޅޭއްލަވައިގަތުމަކީ ވަރަށް ފަސޭހަ ކަމެއް!؟ ނަތީޖާ ހިތި!

parents

ހަޅޭއްލަވައިގަތުމަކީ ވަރަށް ފަސޭހަ ކަމެކެވެ. މިކަން ކުރާ މީހުން ގިނައިން އެކަން ކުރަނީ، އަނެކާ ބުނަން އޮންނަ އެއްޗެއް އިވިގެންނެއް ވެސް ކޮންމެހެނަކުން ނޫނެވެ.

ހަޅޭއްލަވައިގަތުމަކީ، އެކަން ކުރާ މީހާ އަނެކާއާ މެދުގައި އޮންނަ ރުޅިވެރިކަމާއި ނަފްރަތެއްގެ ނަތީޖާއެކެވެ. ވަކި ކަމަކާ ގުޅިގެން ނިކުންނަ ނަތީޖާއެއް ނޫނެވެ.

މީހަކާ ދިމާއަށް ހަޅޭއްލަވައިގަންނަ މީހާ ދެކޭގޮތުގައި އަނެއް މީހާއަކީ ތިމާއަށްވުރެ ނިކަމެތި މީހެކެވެ. އަގެއްނެތް މީހެކެވެ. ބޭކާރު މީހެކެވެ. އެއީ އިހުތިރާމް ހައްގު މީހެއް ނޫނެވެ.

ތިމާއާއި ދިމާއަށް މީހަކު ހަޅޭއްލަވައިގަތުމަކީ، އެކަން ރައްދުވާ "ނިކަމެތި" މީހާއަށް ވަރަށް ހިތްދަތި ކަމެކެވެ. އެ ހިތްދަތިކަން ދިނުން އެއީ ހަޅޭއްލަވައިގަންނަ މީހާގެ ބޭނުމެވެ.

މީހަކާމެދު ރުޅިވެރިކަމާ ނަފްރަތު ތިމާގެ ހިތުގައި އޮވެ، އެކަމުން އަރައި ނުގަނެވުމަކީ، ޖިސްމާނީގޮތުންނާ ނަފްސާނީގޮތުން މީހާއަށް ގެއްލުން ލިބޭ ކަމެކެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ހުރަސް އަޅާ ކަމެކެވެ. އަދި މުޖުތަމައު ތެރޭގައި މީހާގެ މަގުބޫލުކަން ކުޑަވާ ކަމެއް ވެސް މެއެވެ.

އިންސާނިއްޔަތުކަން ހުންނަ މީހުން އަނެކުންނާ މުއާމަލާތު ކުރާނީ އިހްތިރާމާއެކުގައެވެ.

އެއީ ކީރިތި ރަސޫލާގެ ސުންނަތެކެވެ. މާތްﷲ އެމަގަށް އަޅުގަޑުމެންނަށް މަގުދައްކަވާށިއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *