ފޯކައިދޫން ކޮވިޑަށް ޕޮޒިޓިވްވި އަދަދު 117 އަށް

Sh. Foakaidhoo

ށ. ފޯކައިދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 117 އަށް އަރައިފި އެވެ.

މި މަހުގެ 12 ވަނަ ދުވަހު އަލާމާތް ހުރެގެން ޓެސްޓުހެދި ފޯކައިދޫގެ 61 އަހަރުގެ އަންހެނަކު ޕޮޒިޓިވްވުމާއި ގުޅިގެން ކުރިއަށް ގެންދާ ކޮންޓް ޓްރޭސިންއިން އިތުރު 10 މީހަކު ޕޮޒިޓިވް ވެފައިވާކަމަށް ފޯކައިދޫ ކައުންސިލުން މިއަދު ވިދާޅުވިއެވެ.

އިތުރު ފަރުވާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އަށް ގެންދެވުނު މި އަންހެންމީހާ ޕޮޒިޓިވް ވީ ކޭއާރްއެޗްގެ އިމެޖެންސީ ރޫމް (އީއާރް) ގައި ފަރުވާދެމުން ދަނިކޮށް، ރޯގާގެ އަލާމާތް ފެނި، ނޭވާކުރުވާން ފެށުމުން ސާމްޕަލް ނަގައި ޓެސްޓް ކުރުމުންނެެވެ.

މި ބަބްލްގައި އެމީހާއާއި އެކު ދިޔަ އާއިލާގެ 4 މީހަކު ކަރަންޓީން ކުރެވުނުއިރު އޭގެތެރެއިން އެކަކު ވަނީ ޕޮޒިޓީވް ވެފައެވެ.

ކޮމިއުނިޓީ ސްޕްރެޑެއްގެ ތެރޭގައި އޮތް ފޯކައިދޫގައި ކޮންޓެކްޓް ޓްރޭސިން ކުރިއަށް ގެންދާއިރު މިއަދުވެސް ވަނީ އިތުރު 13 މީހަކު ޕޮޒިޓިވްވެފައެވެ.

މިހާތަނަށް ޖުމްލަ 281 ސާމްޕަލް ސާމްޕަލް ނެގިފާވާއިރު 164 ސާމްޕަލް އެއް ވަނީ ނެގެޓިވް ވެފައެވެ.

މިހާލަތަށްއައި އިރު ފޯކައިދޫގެ އާބާދީގެ %65.59 މީހުން ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން 2 ޑޯޒް ފުރިހަމަކޮށްފައި ވުމަކީ ރަށަށް ލިބޭ ވަރަށްބޮޑު ހިތްހަމަ ޖެހުމެއްކަމަށް އެރަށު ސިއްޙީ މަރުކަޒުން ވިދާޅުވިއެވެ.

12 ވަނަ ދުވަހެގެ ކޭސް އާއި ގުޅިގެން ޖުމްލަ 117 މީހަކު ޕޮޒިޓިވް ވެފާވާއިރު މީގެ ކުރިންވެސް އެރަށުން ވަނީ ހޯމް ކަރަންޓީނުގައި ހުރި ބައެއް ފަރާތްތަކުން ޕޮޒިޓިވް ވެފައެވެ. އެހެންނަމަވެސް، ރޭންޑަމް ސާމްޕަލް އެއް ޕޮޒިޓިވްވެ ކޮމިއުނިޓީ ސްޕްރެޑަކަށް ފޯކައިދޫ ހުށަހެޅުން މިއީ ފުރަތަމަ ފަހަރެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި