ވައިކަރަދޫގެ މަގުތަކަށްވާހެން ހުރި ގޮފިތައް ކަނޑަން ފަށައިފި

111A6539-FD35-410C-9041-85402154721A

ހދ. ވައިކަރަދޫގެ މަގުތަކުގައި ހިނގާބިނގާވެ އުޅުމަށާއި ދުއްވާ އެއްޗިއްސަށް އުނދަގޫވާހެން ހުންނަ ގަސްގަހުގެ ގޮފިތައް ކެނޑުމުގެ މަސައްކަތް ފަށައިފި އެވެ.

މިއަދު ފެށުނު މިމަސައްކަތަކީ ވައިކަރަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން އިސްނަގައިގެން ހިންގަން ފެށި މަސައްކަތެކެވެ.

ވައިކަރަދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސް އައިޝަތު ނާޝިދާ "ތިލަދުން" އަށް ވިދާޅުވީ މިއަދު ރަށުގެ އެންމެ ބޮޑުމަގުގައި ހުރި ގޮފިތައް ކަނޑާނިމިފައިވާ ކަމަށެވެ.

އަދި މި މަސައްކަތުގައި އެ ކޮމިޓީގެ މެންބަރުންގެ އިތުރުން ރަށުގެ ބައެއް ޒުވާނުން ހަރަކާތްތެރިވިކަމަށް ނާޝިދާ ފާހަގަ ކުރެއްވިއެވެ.

މިއަދު ހެނދުނު 9:00 އިން 11:30 އަށް ކުރިއަށް ގެންދެވުނު މި މަސައްކަތް ކުރިއަށް އޮތްތަނުގައިވެސް ގެންދެވޭނެކަމަށާއި އަމާޒަކީ މީހުންނަށް އުނދަގޫވާނެހެން މަގުތަކުގައި ހުންނަ މިފަދަ ގޮފިތައް އެއްކޮށް ކެޑުން ކަމަށް ނާޝިދާ ވިދާޅުވިއެވެ.

" ކުރިއަށް އޮތްތަނުގައިވެސް މިމަސައްކަތް ކުރިއަށް ގެންދެވޭނެ. އަޅުގަނޑުމެން ރައްޔިތުންނަށް ގޮވާލާނަން ދެން މި މަސައްކަތް ގެންދެވޭނެ ދުވަހެއް ހަމަޖައްސާފަ. އުންމީދަކީ ވީހާވެސް ގިނަ ރައްޔިތުން މި މަސައްކަތުގައި އަޅުގަނޑުމެންނަށް އެއްބާރުލުންދެއްވާ އެހީތެރިކަން ފޯރުކޮށްދިނުން "

ވައިކަރަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސް ވިދާޅުވިއެވެ.

Gaskoshumuge porgram ge therein

Posted by Women's Development Committee of Vaikaradhoo Council on Saturday, July 17, 2021

އެ ކޮމިޓީ އިންތިޚާބުވި ހިސާބުން ފެށިގެން އަންނަނީ ގިނަ މަސައްކަތްތައް ވައިކަރަދޫގައި ކުރަމުންނެވެ. އެގޮތުނ،ް ކުރިއަށް އޮތް އަލްޙާޢީދުގެ ފަހުން ރަށުގައި އަންހެންވެރިންނަށް ޚާއްސަކޮށްގެން ކަސްރަތު ޕްރޮގްރާމެއްވެސް ފަށަންވަނީ ނިންމާފައެވެ.

އަދި ހދ. އަތޮޅު މަދަރުސާގެ ރަސްމީ ޔުނީފޯމު މިއަހަރު ބަދަލު ކުރަން ނިންމުމާއި ގުޅިގެން އެ ސުކޫލުގެ ގިނަ ދަރިވަރުންތަކަކަށް އައު ޔުނީފޯމްވެސް ފަހައިދެމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ވައިކަރަދޫގަ ހޮވާފަ ތިއަތިބި ކައުންސިލަރުންނަކީ ވައިކަރަދޫ ރައްޔިތުންނަށް ޖެހިފަ އޮތް ބޮޑު ދުއްޕާނެއް
    ކާއެއްޗެއް އަޅާ ގަހެއް ހުރެއްޖިއްޔާ އެދަނީ ތަރައްގީ ކުރަމުން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި