މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމް.އެމް.ޕީ.އާރު.ސީ) ގެ ޚިޔާނާތުގެ މައްސަލައާއި ގުޅިގެން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ހުށަހަޅައިފި ކަމަށް ހާމަކޮށް، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބޮޑު ބަޔާނެއް ނެރުނު ކަމަށާއި، ނަމަވެސް ޕީޖީއޮފީހުން އެ މައްސަލަ އަނބުރާ ފޮނުވާލުމުން އޭސީސީ އޮތީ ހަނުކަމަށް ވިދާޅުވެ، މިނިސްޓަރު މަޚްލޫފް ނުރުހުންފާޅު ކުރަށްވައިފިއެވެ.
މަޚްލޫފް މިހެން ވިދާޅުވީ، "މަޚްލޫފްގެ މައްސަލަ އަނބުރާ ފޮނުވާލައިފި" މި ސުރުޚީގެ ދަށުން ނޫހަކުން ގެނެސްދީފައިވާ ޚަބަރެއް ހިމަނުއްވާ ކުރެއްވި ޓްވީޓެއްގައެވެ.
މަޚްލޫފް ވިދާޅުވީ، އެ މައްސަލަ ފޮނުވަމުން އޭސީސީއިން ބޮޑު ބަޔާނެއް ނެރުނުކަމަށެވެ. ނަމަވެސް އެ މައްސަލަ އަނބުރާ ފޮނުވާލީމައި ތިބެނީ ހަނު ކަމަށް އޭނާ ވިދާޅުވިއެވެ.
ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ނުކޮށް މިއީ ކުޅޭ ކުޅިވަރަކަށް ނުހެދޭނެ ކަމަށް ވެސް މިނިސްޓަރު މަޚްލޫފް ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑަކީ ޝިއުނާ ކުޅެންގެންގުޅޭ ބޯޅައެއްނޫން،ކަންކުރަން ނޭގެންޔާ އިސްތިއުފާ ދެއްވީމަ މާރަނގަޅުވާނެ."
މަޚްލޫފް ވިދާޅުވިއެވެ.
މައްސަލަ ފޮނުވަމުން ACC އިން ބޮޑު ބަޔާނެއް ނެރެފަ،އަނބުރާ ފޮނުވާލީމަ މިތިބެނީ ހަނު.
ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ނުކޮށް މިއީ ކުޅޭ ކުޅިވަރަކަށް ނުހެދޭނެ
އަޅުގަނޑަކީ ޝިއުނާ ކުޅެންގެންގުޅޭ ބޯޅައެއްނޫން،ކަންކުރަން ނޭގެންޔާ އިސްތިއުފާ ދެއްވީމަ މާރަނގަޅުވާނެ. https://t.co/hYemixEaX8
— Ahmed Mahloof (@AhmedMahloof) June 19, 2021
މިނިސްޓަރު މަޚްލޫފްގެ މައްސަލައާއި ގުޅިގެން ޕީޖީ އޮފީހާއި ހަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން، މިނިސްޓަރު މަޚްލޫފްގެ މައްޗަށް ދަޢުވާ ކުރުމަށް އޭސީސީން މިދިޔަ ހަފްތާގައި ފޮނުވި މައްސަލަ އޮފީހުން ދިރާސާކޮށް ބެލުމުގެ މަސައްކަތް އެއޮފީހުން ކުރިއަށްގެންދާއިރު އެމައްސަލައިގެ އިތުރު ހެކިތަކާއި އެކަމާގުޅޭ ލިޔުންތައް ހުށަހަޅަން އޭސީސީގައި ޕީޖީއޮފީހުން ވަނީ އެދިފައެވެ.
އެގޮތަށް އެދިފައިވަނީ މަޚްލޫފްގެ މައްސަލައަކީ ކުރިންވެސް ދައުވާކުރުމަށް އެދި އެއޮފީހަށް ހުށައަޅާފައިވާ މައްސަލައަކަށްވެފައި އަދިވެސް އެކަމުގައި ސާފުކުރަންޖެހޭ އިތުރު ކަންތައްތަކެއް ހުރުމުން އެކަންކަން ސާފުކުރުމަށް ކަމަށް ޕީޖީ އޮފީހުން ވަނީ ވިދާޅުވެފައެވެ. އަދި ދަޢުވާކުރުމުގެ ކުރިން އެނގެންޖެހޭ ކަމަށް ފާހަގަވާ މުހިއްމު ކަންތައްތަކެއް ދެނެގަތުމަށް އެދިފައިވީނަމަވެސް މިކަމުގައި އަދި އޭސީސީން ވަކިގޮތެއް އަންގާފައިވާ ނުވާކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.
އެމްއެމްޕީއާރުސީގެ ބޮޑުޚިޔާނާއި ގުޅިގެން މިނިސްޓަރު މަޚްލޫފްގެ މައްޗަށް ދައުވާކޮށް ދިނުމަށްއެދި އޭސީސީން އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވީ މިމަހުގެ 9 ވަނަ ދުވަހުއެވެ. އޭނާގެ މައްޗަށް އެމައްސަލާގައި ދައުވާ ކުރަން ފޮނުވުން ހަމައެދުވަހު ޕީޖީން ގޮތެއް ނިންމެވުމާއި ހަމައަށް، ރައީސް ޞާލިޙް ވަނީ، މަޚްލޫފް މަސައްކަތުން އެކަހެރިކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!