އޭދަފުށިން ޕޮޒިޓިވްވި ޢަދަދު 48އަށް!

B. Atoll Hospital

ބ. އޭދަފުށިން ކޯވިޑް-19 އަށް އިތުރު 11 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ރޭ ހާމަކުރި ތަފާސް ހިސާބުން ދައްކާގޮތުގައި މި 11 މީހުންނާއެކު އޭދަފުށިން ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 48އަށް އަރައިފައެވެ. އޭގެ ތެރެއިން އެރަށު ކޯވިޑް ފެސިލިޓީގައި ދަނީ ފަރުވާދެމުން ދަނީ އެންމެ މީހަކަށެވެ.

އެރަށުގައި މިވަގުތު 26 ގެއެއްގައި މީހުން ވަނީ ކަރަންޓީނުކޮށްފައެވެ. އަދި މިހާތަނަށް ކޯވިޑްއަށް ޓެސްޓް ކުރުމަށް 469 ސާމްޕަލް ނަގައިފައިވާ ކަމަށް އަތޮޅު ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

އޭދަފުށިން ޕޮޒިޓިވްވި ފުރަތަމަ މީހާ ޕޮޒިޓިވްވެފައި ވަނީ މިމަހު 19 ވަނަ ދުވަހުއެވެ.

ބ އޭދަފުށިއިން ކޯވިޑް-19ގެ ޕޮޒިޓިވް ގިނަ ކޭސްތަކެއް ފެނިފައިވާތީ، 01 އޭޕްރީލް 2021 ގެ ފަހުން ބ. އޭދަފުށީގައި އުޅުމަށްފަހު އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތް ސެންޓަރަށް އެންގުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި އަދި މިތާރީޚްގެ ފަހުން އޭދަފުށިއަށް ގޮސްފައިވާ ފަރާތެއްވާނަމަ، އޭދަފުށިން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިބުމަށް ވެސް އެ އޭޖެންސީން ވަނީ އަންގާފަ އެވެ.

މިފަރާތްތަކުގެ ތެރެއިން 10 ދުވަސް ހަމަވެފައިވާ ފަރާތްތަކުންވެސް ސާމްޕަލް ނަގަައި ޓެސްޓްކުރުމަށާއި، އަދި އެ ރަށެއްގެ ހެލްތު ސެންޓަރުން ނުވަތަ ހޮސްޕިޓަލުން މިފަރާތްތަކުގެ ސާމްޕަލް ނެގުމުގެ އިންތިޒާމު ހަމަޖައްޖެއްސުމަށް ވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި