މަނަދޫ ބަލިކޮށް އޭދަފުށި ތާވަލުގެ ދެވަނަ އަށް
ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގައި އިއްޔެ 5-0 އިން މަނަދޫ ބަލިކޮށް އޭދަފުށި ތާވަލުގެ ދެވަނަ އަށް ޖެހިލައިފިއެވެ. 16 މެއިގައި ހަނިމާދޫ 2-1 އިން ބަލިކުރުމުން ދިއްދޫ އަށް އޮތީ ލީގު ކަށަވަރުވެފައެވެ. ދިއްދޫ އަށް ލީގު ކަށަވަރުވިއިރު، އިއްޔެ އޭދަފުށި މެޗަށް ނުކުތްއިރު އެޓީމު އޮތީ ގޯލުގެ ތަފާތުން ތާވަލުގެ ތިން ވަނާގައެވެ. އިއްޔެގެ މެޗާއި ހަމައަށް އޭދަފުއްޓާއި ހަނިމާދޫ އަށް ވެސް ކޮންމެ ޓީމަކަށް ލިބިފައި އޮތީ ހަ ޕޮއިންޓެވެ. […]