އެންމެންނަށް ފެންނާނެހެން ހިޔާ ފްލެޓްތަކުގެ އެގްރިމެންޓްތައް ހައުސިން ޑިވްލޮޕްމެންޓް ކޯޕަރޭޝަން، (އެޗް.ޑީ.ސީ)ގެ ވެބްސައިޓްގައި އާންމުކުރަން ނިންމާފިއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެޗް.ޑީ.ސީގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވީ، ހިޔާ މަޝްރޫޢޫގެ އެ އެގްރިމެންޓްތައް ތައްޔާރުކުރުމުގެ މަސައްކަތްކުރިއަށް ގެންދާކަމަށާއި، އެ އެގްރިމެންޓް އެޗް.ޑީ.ސީގެ ވެބްސައިޓްގައި އާންމުކުރަން ނިންމާފައިވާ ކަމަށެވެ.

Ad
rt

އިތުރަށް ސުހައިލު ވިދާޅުވި ގޮތުގައި، މިހާރު ގުރު ނަގައި ނުނިމި ހުރި ކެޓެގަރީތަކުގެ ގުރުނެގުން މާދަމާއިން ފެށިގެން 10 ދުވަހުގެ ތެރޭ ނިމޭނެ ކަމަށެވެ. އަދި ގުރު ނަގާ ނިމޭއިރަށް އެގްރިމެންޓްގައި ސޮއި ކުރަން ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސުހެއިލް ވިދާޅުވީ ފްލެޓްގެ ތަޅުދަނޑި ހަވާލު ކުރުމާއެކު މަސައްކަތް ނިންމަން ތިން މަސް ދުވަހުގެ މުއްދަތު ދޭން ނިންމާފައިވާ ކަމަށެވެ. އަދި ތިން މަހަށްވުރެ އަވަހަށް ނިމުނުކަމުގައި ވިޔަސް ބަދަލު ވެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގުރުއަތުނެގުމުގެ މަސައްކަތް ކުރިއަށްދާއިރު އެކަން ކުރާނީ ޓީވީއިން ލައިވް ކުރަމުން ކަމަށްވާތީ، ޓީވީއިން ވަގުތު ލިބިފައިވާ ގޮތަށް ބަލާއިރު، ދުވާލަކު ގުރު ނެގޭނެ ކަމަށް ލަފާކުރެވެނީ 600 ފްލެޓްގެކަމަ އެޗް.ޑީ.ސީން ބުނެއެވެ.

އިތުރު ފްލެޓްތަކުގެ ގުރު ނެގުން މާދަމާ ފަށާއިރު، ނުކުޅުދުންތެރިކަން ހުންނަ މީހުންގެ ގުރުނެގުން މިހާރުވަނީ ނިންމާފައެވެ.