މިހާރު ވެސް މާލެ ސިޓީގައި އޮތީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކައުންސިލެއް ކަމަށާއި، އެ ޕާޓީއަށް މިހާރު ކޮށްނުދެވުނުކަމެއް އަލުން ކައުންސިލްގެ ގޮނޑިތައް ދިނުމަކުން ވެސް ހުޅުމާލެއަކަށް ުކޮށްނުދެވޭނެ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހުޅުމާލޭ ދާއިރާގެ ކައުންސިލަރުކަމަށް ވާދަކުރައްވާ، ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަންގެ އެންމެ ހަރަކާތްތެރި އެއް މޫނުގެ ގޮތުގައި ފެންނަ، އެ ކޯލިޝަންގެ ޕީއެންސީގެ ނައިބު ރައީސްކަންވެސް ކުރަށްވާ ޝުޖާއު މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގަ އެވެ.

Ad
rt

އޭނާ ވިދާޅުވީ، ހުުޅުމާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކަށް އޮތް ހައްލަކީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ކައުންސިލް ގޮނޑި ދިނުން ކަމަށެވެ.

''މާލެ ސިޓީގައި މިހާރުވެސް އޮތީ އެމް.ޑީ.ޕީ ކައުންސިލެއް. މިހާރު ނުވި ކަމެއް ފަހުން ވެސް އެމް.ޑީ.ޕީ އަކަށް ނުވާނެ.''- ޝުޖާޢު ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާގެ ގޮނޑިއަށް ޝުޖާޢު މިހާރު ކެމްޕޭން ފައްޓަވާފައިވާއިރު، އޭނާ އަކީ ރައްޔިތުންގެ މަޖިލިސްގައި ބާރަށު ދާއިރާ ތަމްސީލް ކުރެއްވި 5 އަހަރު ދުވަހުގެތެރޭގައި ދާއިރާއާއި ވަރަށް ގާތުން މަސައްކަތް ކުރެއްވި، އަދި މިހާރު ވެސް އެ ގުޅުން ބާއްވަމުންދާ ބޭފުޅެކެވެ.