ކޫލްޓެމްޕް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފިހާރައެއް ކުޅުދުއްފުށި ސިޓީގައި ހުޅުވައިފިއެވެ.
"ކޫލްޓެމްޕް ކުޅުދުއްފުށި"ގެ ނަމުގައި ހުޅުވި މި ފިހާރަ އިއްޔެ ހުޅުއްވައިދެއްވީ އެ ރަށުގެ ކައުންސިލް ރައީސް އަބްދުލް ލަތީފް ހަސަން އެވެ. މި ފިހާރަ ހުޅުވާފައިވަނީ ކުޅުދުއްފުށީގެ ކޮރަލް ދަނޑު ކައިރި މެގްމާގައެވެ.
ކޫލްޓެމްޕްގެ އެހެން ފިހާރަތަކާއެއްގޮތަށް މި ފިހާރައިން ވެސް ރެފްރިޖަރޭޝަން އަދި އެއާކޮންޑިޝަންގެ ސްޕެއާ ޕާރޓްސް ލިބެން ހުންނާނެއެވެ. އަދި އިތުރު ތަފާތު ބާވަތްތަކުގެ ހާޑްވެއާ ވެސް ލިބެން ހުންނާނެއެވެ.
އެ ކުންފުނީގެ ކުޅުދުއްފުށީ ޕާރޓްނާ މުހައްމަދު އަހުމަދު ވިދާޅުވި ގޮތުގައި ކުޅުދުއްފުށީގައި ފިހާރައެއް ހުޅުވީ އެ ސަރަހައްދުގެ ރަށްތަކަށް ރެފްރިޖަރޭޝަން އަދި އެއާކޮންޑިޝަނިން ސްޕެއާ ޕާރޓްސް އާއި ހާޑްވެއާ ސާމާނު އަގުހެޔޮކޮށް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.

ކޫލްޓެމްޕް ފެމިލީގެ، ކުޅުދުއްފުށި ބްރާންޗް އަށް މަރުޙަބާ! ތިލަދުންމަތީގެ އެންމެހާ ރައްޔިތުންނަށް އެއާކޯން، ރެފްރިޖިރޭޝަން އަދި ހާރޑްވެއަރގެ ކޮލެޓީ މުދާ ހެޔޮއަގުގައި، ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒު. ރާއްޖޭގެ އެކި ކަންކޮޅުތަކުން، ތިޔަދެއްވަމުން ގެންދަވާ އެެއްބާރުލުމަށް ޝުކުރުދަންނަވަން.
ފިހާރައިގެ ފޮޓޯތައް މީސް މީޑިޔާއަށް ދޫކޮށްލަމުން އެފިހާރައިގެ ފޭސްބުކް ޕޭޖުގައި ބުނެފައިވެއެވެ.

މި ފިހާރަ ހުޅުވާފައި ހުންނާއި ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހެއްގެ ހެނދުނު 8:30ން ރޭގަނޑު 10:00އަށެވެ. ނަމާދު ވަގުތުތަކަށް ފިހާރަ ބަންދުވާނެ އެވެ. އިތުރު މަޢުލޫމާތެއް ބޭނުން ފުޅުވާނަމަ އެފިހާރައިގެ ނަންބަރު 6522070 އަށް ގުޅުއްވުމަށް އެފިހާރައިން އެދިލައްވައެވެ.
އައްސަލާމް ޢަލައިކުމް 😇
ކޫލްޓެމްޕް ފެމިލީގެ، ކުޅުދުއްފުށި ބްރާންޗް އަށް މަރުޙަބާ 😊🥰
ތިލަދުންމަތީގެ އެންމެހާ...Posted by Kooltemp Kulhudhuffushi on Sunday, March 7, 2021
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!