ހއ. ބާރަށު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު ޢަބްދުލްޣަނީ ޢަލީގެ މައްޗަށް ހުށަހެޅުނު މައްސަލައަކީ އިތުރަށް ކުރިޔަށް ގެންދަންޖެހޭ މައްސަލައެއް ނޫންކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީން ބުނީ އެ މައްސަލައަކީ، ހއ. ބާރަށު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު ޢަބްދުލްޣަނީ ޢަލީ ޤާނޫނުއަސާސީއާ ޚިލާފަށް ދިފާއީ ވަކީލެއްގެ ޙައްޤުނުދީ މައްސަލައެއް ކުރިއަށް ގެންގޮސްފައިވާކަމަށް ބުނެ ހުށަހެޅުނު މައްސަލައެއް ކަމަށެވެ.
އެ މައްސަލަ ތަޙްޤީޤުކުރުމަށް 2020 ޖޫން 21 ވަނަ ދުވަހު އެ ކޮމިޝަނުން ނިންމުމާ ގުޅިގެން އެކުލަވާލި ތަޙްޤީޤު ކޮމިޓީން މައްސަލައާ ގުޅޭގޮތުން ކުރި ތަޙްޤީޤުގައި ސާފުކުރެވުނު މަޢުލޫމާތަށް ރިޢާޔަތްކުރާއިރު،
އިސް މެޖިސްޓްރޭޓް ޢަބްދުލްޣަނީ ޢަލީގެ ސުލޫކާ ގުޅިގެން ތަޙުޤީޤު ކުރިޔަށް ގެންދަން ޖެހޭފަދަ އެކަށީގެންވާ ތުހުމަތެއް އޮތްކަމަށް ތަޙުޤީޤު ކޮމިޓީއަށް ފާހަގަނުވާ ކަމަށް ޖޭއެސްސީން ބުނެއެވެ.
އެހެންކަމުން އެ މައްސަލައަކީ އިތުރަށް ކުރިޔަށް ގެންދަންޖެހޭ މައްސަލައެއް ނޫންކަމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ޖޭއެސްސީން ބުނެފަ ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!