އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނަށް މިހިސާބަށް ''ހެދި ބޮޑުވީ'' ފަސް މީހުންނާއިއެކު މަސައްކަތްކޮށްގެން ކަމަށާއި، ހިތްވަރު ކުރުންމަތީ ދެމި ތިބުމުން އުފާވެރި ދުވަސްތައް އަދި ބައްދަލުކުރާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ދެވަނަ ޕާޓީ ޕީއެންސީގެ ނައިބު ރައީސް އިބްރާޙީމް ޝުޖާއު ވިދާޅު ވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުއްޤައްޔޫމް މިނިވަންކުރަން ގޮވާލައި، އިދިކޮޅު ކޯލިޝަންގެ ގިނަ ޢަދަދެއްގެ ސަޕޯޓަރުން ރޭ މާލޭ ސިޓީގައި އިހުތިޖާޖުކޮށްފައި ވަނިކޮށް ކުރެއްވި ޓުވީޓެއްގަ އެވެ.
އެ ޓުވީޓުގައި އޭނާ ވަނީ ޕީޕީއެމްގެ ލޮބުވެތި މެމްބަރުން ހިތްވަރު ކުރުމަށް އެދި ވަޑައިގެންފައެވެ. އަދި ރައީސް ޔާމީންގެ ހައްޤުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަށްވާނެ ކަމުގެ ޔަޤީންކަން ވެސް އޭނާ ވަނީ އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުންނަށް ދެއްވާފައެވެ.
''ޕީޕީއެމްގެ ލޮބުވެތި މެމްބަރުން ހިތްވަރު ކުރައްވާ.މީވެސް ދުވަހެއް.ހިތްދަތި ދުވަސް ތަކަކަށް ފަހު އުފާވެރި ދުވަސްތައް ބައްދަލު ކުރާނެ.ރައީސް ޔާމީންގެ ހައްޤުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރާނެ.އަޅުގަނޑުމެންނަކީ 5 މީހުންނާ އެކު މަސައްކަތް ކޮށް ބޮޑުވި ބައެއް''
ޝުޖާއު ވިދާޅުވިއެވެ.
ޕީ.ޕީ.އެމްގެ ލޮބުވެތި މެމްބަރުން ހިތްވަރު ކުރައްވާ.މީވެސް ދުވަހެއް.ހިތްދަތި ދުވަސް ތަކަކަށް ފަހު އުފާވެރި ދުވަސްތައް ބައްދަލު ކުރާނެ.ރައީސް ޔާމީންގެ ހައްޤުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރާނެ.އަޅުގަނޑުމެންނަކީ 5 މީހުންނާ އެކު މަސައްކަތް ކޮށް ބޮޑުވި ބައެއް!
— Ibrahim Shujau (@IbrahimShujaau) January 21, 2021
ޝުޖާއު މި މޭރުމުން ވިދާޅުވެފައިވާއިރު، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުއްޤައްޔޫމް ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރި މައްސަލައިގައި ހުކުމް އިއްވައި، އެމަނިކުފާނުގެ މައްޗަށް އެ މައްސަލާގައި ކްރައިމިނަލް ކޯޓުން ކުރިން ކޮށްފައިވާ ހުކުމް ހައިކޯޓުން އިއްޔެ ވަނީ ދަމަހައްޓާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!