ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ދަތުރުފަތުރުގެ މަސައްކަތް ކުރަމުން އަންނަ ހޯޕް ޓްރެވަލްސްގެ ފަރާތުން މުޅިން އައު ވައްތަރެއްގެ ލޯންޗެއް ރާއްޖޭގެ ބާޒާރަށް ނެރެފިއެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތް ފައްޓަވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ. މި ރަސްމިއްޔާތުގައި "ސިލްވާ ކެޓް 34" ވަނީ އާއްމުންނަށް ދައްކާލައިފަ އެވެ.

Ad
rt

ރާއްޖޭގެ ގިނަ އަތޮޅުތަކަށް މި ވަގުތުވެސް ސްޕީޑް ފެރީގެ ޚިދުމަތް ދެމުން އަންނަ ހޯޕް ޓްރެވަލްސްގެ ފަރާތުން މި ފަހަރު ރާއްޖޭގެ ކަނޑުތަކަށް ދޫކޮށްލާފައިވާ އައު ލޯންޗަކީ ގަލްފު ކްރާފްޓުންއުފައްދާފައިވާ އެންމެ ފަހުގެ ބްރޭންޑް "ސިލްވަރ ކެޓް34" އެވެ. ކަޓަމަރަން ސީރީޒްގެ މި ލޯންޗަކީ ލަގްޒަރީ ފެންވަރަށްވެސް އަޕްގްރޭޑްކުރެވޭ ގޮތަށް ރާއްޖޭގެ ގަލްފު ކްރާފްޓުން ފަރުމާކޮށްފައިވާ މި ލޯންޗަކީ ހޯޕް ޓްރެވަލްސް އިން ހާމަ ކުރާ ގޮތުގައި 27 މީހުންގެ ޖާގައިގެ ލޯންޗެކެވެ.

މި ލޯންޗުގެ އެންމެ ހިއްޤައިމު އެއް ތަންކޮޅަކީ، ސީޓު އެޖަސްޓުކޮށް އަރާމުގައި ދަތުރު ކުރުމުގެ އިތުރުން، ފޯނު ޗާޖުކޮށްލުމުގެ ފުރުޞަތުވެސް މި ލޯންޗުން ދަތުރު ކުރަ ފަރާތްތަކަށް ލިބިގެން ދިޔުމެވެ. މި އައު ލޯންޗާއި އެކު، ހޮޕް ޓްރެވަލްސްގެ ފަރާތުން އަމާޒު ހިފާފައިވާ އެންމެ ބޮޑު އެއް ކަމަކީ، ރާއްޖޭގައި ދަތުރު ކުރާ ފަރާތްތަކަށް ކަނޑު ދަތުރުކުރުމުގައި ފަސޭހަ ވާނެ ގޮތްތަށް ތަޢާރަފުކޮށްދިނުމެވެ.

މި އައު ލޯންޗު ރާއްޖޭގެ މާރކެޓަށް ނެރެފައިވަނީ މިކަމަށް ޚާއްސަކޮށްގެން އެ ކުންފުނިން ބޭއްވި ހަފްލާއެއްގައެވެ. މި ހަފްލާ ޝަރަފުވެރިކޮށްދެއްވާފައިވަނީ، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އަލްފާޟިލާ އައިޝަތު ނަހުލާއެވެ.

ހޯޕް ޓްރެވަލްސްއިން މިހާރުވެސް ރާއްޖޭގެ 4 އަތޮޅެއްގެ 32 ރަށަކަށް އަންނަނީ ސްޕީޑް ބޯޓުގެ ޚިދުމަތް ދެމުންނެވެ. އެއީ ނ އަތޮޅު، ހދ އަތޮޅު، ށ އަތޮޅު އަދި ޅ އަތޮޅަށެވެ.

ހޯޕް ޓްރެވަލްސްގެ ފަރާތުން ނަގާފައިމިވާ އައު ހަރުފަތާއި އެކު، އެ ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ، އެ ކުންފުނީގެ ލޯންޗުތަކުން ދަތުރުކުރަމުން އަންނަ ފަރާތްތަކަށް ލުއި ފަސޭހަ ކަންތައްތަކެއް އިތުރު ކުރުމަށެވެ. އަދި މި އަހަރުގެ ތެރޭގައި އެންމެ ބޮޑު މަސައްކަތެއްގެ ގޮތުގައި އެ ކުންފުނިން ކުރަން ރާވަމުން އަންނަ މަސައްކަތަކީ ރިސޯޓު މުއައްޒަފުން ރިސޯޓުތަކުން ރަށްރަށަށް ގެންދިޔުމުގެ މަސައްކަތްތަށް ކުރުމެވެ. އަދި މަސައްކަތްތަށްވެސް ވަރަށް ހަލުވި ސްޕީޑެއްގައި ކުރެވެމުން އަންނަ ކަމަށް ހޯޕް ޓްރެވަލްސްއިން ވަނީ ހާމަކޮށްފައެވެ.

ހޯޕް ޓްރެވަލްސްއިން ދަތުރު ކުރެއްވެވުމަށް އެ ކުންފުނީގެ ފޭސްބުކް ޕޭޖަށް ޒިޔާރަތް ކުރެއްވެވުމުންވެސް ޓިކެޓް ބައްލަވައިގަނެވޭނެއެވެ. އަދި 9970247، 9970175، 9970191 އަށެ ގުޅާލެއްވުމުންވެސް ޓިކެޓް ބައްލަވައިގަނެވޭނެއެވެ.