ރަށްތަކުގައި ދިރިއުޅޭ މީހުންނަށް، ސާފު ފެން ނުލިބޭތީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ފިޔަވަޅު އަޅަން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ގޮވާލައިފި އެވެ.

ދޫނިދޫ ޖަލުގައި ބަންދުގައި ތިބި މީހުން ބޯން އެކަށީގެންވާ ފެން ފޯރުކޮށް ނުދޭތީ އެކަމަށް ފިޔަވަޅު އަޅަން އެޗްއާރުސީއެމް އިން ނިިންމާ މިއަދު ނޫސް ބަޔާނަށް އިޝާރާތް ކުރައްވާ އަލީ ހުސައިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ސާފު ފެން ލިބުމަކީ ރަށްތަކުގައި ދިރިއުޅޭ މީހުންގެވެސް އިންސާނީ އަސާސީ ޙައްގެއް ކަމަށެވެ.

Ad
rt

ފެނާއި ނަރުދަމާގެ ޚިދުމަތް މީހުންދިރިއުޅޭ ގިނަ ރަށްތަކުގައި ގާއިމްކޮށްފައި ނުވާތީވެސް އެޗް އާރު ސީ އެމް އިން ފިޔަވަޅު އަޅަންޖެހޭނެ. ސާފު ފެން ލިބުމަކީ ރަށްތަކުގައި ދިރިއުޅޭ މީހުންގެވެސް އިންސާނީ އަސާސީ ޙައްގެއް.

އަލީ ހުސައިން ކުރެއްވި ޓުވީޓުގައި ބުނެފައިވެއެވެ.

އެޗްއާރުސީއެމުން ނެރުނު ބަޔާނެއްގައި ވަނީ މިދިޔަ މަހުުގެ ފަހުކޮޅު އެ ކޮމިޝަނުން ދޫނިދޫ ޖަލަށް ކުރި ޒިޔާރަތުގައި އެތަނުގައި ބަންދުގައި ތިބި މީހުންނަށް ފޯރުކޮށްދޭ ފެން ތަހުލީލު ކުރިއިރު އެ ފެނުގައި ގިނަ އަދަދެއްގެ ބެކްޓީރިއާ ހުރި ކަން ފާހަގަވި ކަމަށެވެ.

އެ ފެނަކީ އެކަށީގެން ނުވާ ފެނެއް ކަމަށް ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ވެސް ކަނޑައަޅާފައިވާ ކަމަށާއި އަދި އޭގެ ސަބަބުން އިތުރު ބަލިތައް ޖެހުމުގެ ފުރުސަތު އޮތް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވެސް ބުނާތީ ދޫނިދޫގައި ބަންދުގައި ތިބި މީހުންނަށް އެ ފެން ދިނުން ހުއްޓާލުމަށް ފަހު 72 ގަޑިއިރުގެ ތެރޭގައި ސާފު ބޯފެން ފޯރުކޮށްދޭން ފުލުހުންނަށް މިދިިޔަ ހަފުތާގައި އަންގާފައިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

https://thiladhun.wonstasite.com/46447

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކަކީ ފެނާ ނަރުދަމާގެ ޚިދުމަތް ގާއިމް ކުރެވިފައިވާ ރަށްތަކެއް ނޫނެވެ. ގިނަ ރަށްތަކެއްގައި ފެން ލޮނުވުމުގެ މައްސަލަ ދިމާވެފައިވާއިރު ފެން ވެރުމަށް ބޭނުން ކުރަނީ ނަޖިސްފެން ކަމުގައި ގިނަ ފަރާތްތަކުން އަންނަނީ ބުނަމުން ނެވެ.