ހދ. ކުޅުދުއްފުށި ކައުންސިލް އިދާރާގެ އަޑުގަދަކުރާ ބޭނުންކުރުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފިއެވެ.
އެކަން ހާމަކޮށް ކުޅުދުއްފުށި ކައުންސިލުން ބުނީ އެކައުންސިލް އިދާރާގެ އަޑުގަދަކުރާ ބޭނުންކުރުމުގެ އުސޫލަށް ބަދަލުތަކެއް
ގެނެސްފައިވާ ކަމަށެވެ.
މިގޮތުން 02 ނޮވެމްބަރ 2020 ވަނަ ދުވަހުން ފެށިގެން އެކައުންސިލްގެ އަޑުގަދަކުރާ ބޭނުންކުރެވޭނީ ގުދުރަތީ ކާރިސާތައް އަދި
އެހެނިހެން ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ކައުންސިލުން ރައްޔިތުންނަށް ކޮންމެހެން ފޯރުކޮށްދޭންޖެހޭ މުހިންމު މެސެޖުތައް ފޯރުކޮށްދިނުމަށް ކަމަށް އެކައުންސިލުން ބުންޏެވެ.
''މިނޫން އެއްވެސް އެންގުމެއް ގޮވުމަށްޓަކައި، ރަސްމީ އަދި ނުރަސްމީ ގަޑީގައިވެސް ކައުންސިލްގެ އަޑުގަދަކުރާ ބޭނުން ކުރުން 02 ނޮވެމްބަރ 2020 ވަނަ ދުވަހުން ފެށިގެން ހުއްޓާލެވިފައިވާކަން އާންމުކޮށް އަންގާ އިއުލާނުކުރަމެވެ.''
ކުޅުދުއްފުށި ކައުންސިލުން ބުނެފައި ވެއެވެ.
މި ގޮތަށް އުސޫލު ބަދަލުކުރުމުގައި، ކޯވިޑް-19 ރޯގާއާއި ގުޅިގެން މިނިސްޓްރީ އޮފް ފިނޭންސްއިން ނެރެފައިވާ ސަރކިއުލަރއަށް ރިއާޔަތްކުރެވިފައި ވާނެ ކަމަށް ކުޅުދުއްފުށި ކައުންސިލުން ބުންޏެވެ.
ކުޅުދުއްފުށި ކައުންސިލުން ވަނީ އެފަދަ ކަންކަމުގައި އެރަށުގެ ރައްޔިތުން ދައްކާ އެކުވެރި ކަމާއި، ދޭ އެއްބާރުލުން ފާހަގަކޮށް އެރަށުގެ ރައްޔިތުންނަށް ޝުކުރު އަދާކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!