ޤައުމީ އެއާލައިން، މޯލްޑިވިއަނުން ރާއްޖޭ އާއި އިންޑިއާގެ ޓްރެވިންޑްރަމްއާއި ދެމެދު ދަތުކުރާ ދުވަސްތަކަށް ބަދަލު ގެނެސްފި އެވެ.
މޯލްޑިވިއަނުން ބުނީ މިއަދުން ފެށިގެން ޓްރެވިންޑަރަމަށް އެ އެއާލައިނުން ދަތުރު ކުރާނީ ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހު ކަމަށެވެ.
މޯލްޑިވިއަނުން ރާއްޖޭ އާއި އިންޑިއާގެ ޓްރެވިންޑްރަމްއާއި ދެމެދު ދަތުކުރާ ދުވަސްތަކަށް ބަދަލު ގެނެސްފައިވާއިރު މިހާތަނަށް އެ ރޫޓުގެ ދަތުރުތައް އެ އާލައިންއިން ބާއްވަމުން އައީ ކޮންމެ ހޮނިހިރު އަދި ހޯމަ ދުވަހެއްގަ އެވެ.
ކޯވިޑްގެ ހާލަތާއި ގުޅިގެން ބޯޑަރުތައް ބަންދު ކުރުމަށްފަހު އަލުން ބޯޑަރު ހުޅުވިފަހުން މޯލްޑިވިއަނުން ޓްރެވިންޑްރަމަށް ދަތުރު ކުރަން ފަށާފައިވަނީ ހުސްވި ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ.
މޯލްޑިވިއަނުން ޓްރެވިންޑްރަމް އަށް ދަތުރުތައް ބާއްވާ ދުވަހަށް ބަދަލު އައިނަމަވެސް ކުރިއެކޭވެސް އެއްގޮތަށް ދެކޮޅު ޓިކެޓުގެ އަގަށް ބަދަލު ގެނެސްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!