ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ވިހެއުމަށް ފަހު ޑިސްޗާޖް ކުރާ މީހުންނަށް ފޮލޯއަޕް އެޕޮއިންޓްމަންޓް ހެދުމަށް ލުއި އުސޫލެއް ތަޢާރުފް ކޮށްފިއެވެ.

ކޭއާރުއެޗްއިން ބުނީ އެ ހޮސްޕިޓަލުން ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން، 1 އޮކްޓޫބަރު 2020 އިން ފެށިގެން މާބަނޑު މީހުން ވިހެއުމަށް ފަހު ޑިސްޗާޖް ކުރާއިރު ފޮލޯއަޕް އެޕޮއިންޓްމަންޓް އަންހެނުންގެ ޑޮކްޓަރު އަދި ކުޑަކުދިންގެ ޑޮކްޓަރަށް ހަމަޖެއްސުމުގެ އުސޫލު ތަޢާރުފު ކޮށްފައި ވާ ކަމަށެވެ.

Ad
rt

މީގެ ތެރޭގައި ދެ ހަފްތާއަށް ވުރެ ކުރު މުއްދަތެއްގެ ތެރޭގައި އަންހެނުންގެ ޑޮކްޓަރަށް ދައްކަން ޖެހޭ ފަރާތްތަކަށް ވެސް ފޮލޯއަޕް އެޕޮއިންޓްމަންޓް ހަމަޖެހިގެން ދާނެ ކަމަށް ކޭއާރުއެޗްއިން ބުންޏެވެ.

''ދަތުގެ ފަރުވާގެ ކަންތައްތަކުގައި މިހާރު ވެސް މި އުސޫލުގެ ތެރެއިން ފޮލޯއަޕް އެޕޮއިންޓްމަންޓް ހަމަޖެއްސޭއިރު، އެހެނިހެން ސްޕެޝާލިޓީތަކަށް ވެސް އަވަސް މުސްތަޤްބަލެއްގައި މި އުސޫލު ތައާރަފު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން. އަދި ރިޕޯޓްތައް ދެއްކުމުގެ އުސޫލަށް ވެސް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން.''

ކޭއާރުއެޗްއިން ބުނެފައި ވެއެވެ.

ކޭއާރުއެޗްއިން ބުނީ ލިބެމުންދާ ހިޔާލުތަކަށް ބަލައި އިތުރަށް މިފަދަ ހިދުމަތްތައް ފުޅާކޮށް ރަގަޅު ކުރުމަށް މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.

ކޭއާރުއެޗްގައި ވިހެއުމަށް ފަހު ޑިސްޗާޖް ކުރާ މީހުންނަށް ފޮލޯއަޕް އެޕޮއިންޓްމަންޓް ހެދުމަށް ލުއި އުސޫލެއް ތަޢާރުފް ކުރި ފަހުން، މި އުސޫލުގެ ތެރެއިން މިހާތަނަށް 100 އަށް ވުރެ ގިނަ އެޕޮއިންޓްމަންޓް ހަމަޖައްސައި ދެވިފައި ވާނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.