ހޯމް މިނިސްޓަރު އިމްރާން އަބްދު ﷲ ގެ އިތުބާރު ނެތް މައްސަލަ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
އެ މައްސަލަ ހުށަހަޅާފައި ވަނީ އެ ކޯލިޝަންގެ 9 މެންބަރެއްގެ ސޮއިގެ އިތުރުން މިނިވަން 2 މެންބަރެއްގެ ސޮޔާއި އެކުއެވެ.
އެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް، ސޮއިކުރި މިނިވަން ދެ މެމްބަރުންނަކީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމާއި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމެވެ.
މަޖިލީހަށް ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށައަޅަން 10 މެންބަރެއްގެ ސޮޔެވެ.
ހޮނިހިރު ދުވަހުގެ ރޭ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ''އަހާށޭ ބުނާނަން'' ޕްރޮގްރާމްގައި، ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގެ ތެރޭގައި ބިދޭސީއަންހެނަކު ރޭޕް ކުރިކަމަށް ކުރިން ފެތުރިފައިވާ ޚަބަރާއި ގުޅިގެން އެހުން ތެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު ދެއްކެވި އެވާހަކަތައް މީޑިއާތަކުގައި ގެނެސްދީފައި ވަނިކޮށް އިއްޔެ މިނިސްޓަރު ވިދާޅުވީ އަންހެނަކަށް ޖިންސީ އަނިޔާ ނުވަތަ ފުރަށްސާރަ ކުރުމަކީ އެއީ ކުޑަކަމެއް ކަމަށް ވިދާޅުވެފައި ނުވާނެ ކަމަށެވެ. އަދި އޭނާ އެ ޕްރޮގްރާމްގައި ދެއްކެވި ވާހަކައާއި ގުޅޭގޮތުން މީޑިއާގައި ފަތުރާފައިވާ ބައެއް ވާހަކަތަކުން ވިދާޅުވިއެއްޗެއްގެ ހަޤީޤަތް އޮޅޭ ކަމަށެވެ.
އިދިކޮޅުން މިނިސްޓަރު އިމްރާންގެ އިތުބާރުގެ މައްސަލައެއް މަޖިލީހަށް ވެއްދީ އެވާހަކަ ތަކާއި ގުޅުވައިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!