ކޮޗިން-ކުޅުދުއްފުށި ކާގޯ ފެރީ މެދުވެރިކޮށް ދުބާއީ އިންވެސް ސީދާ ކުޅުދުއްފުއްޓަށް މުދާ އެތެރެކުރެވޭނެ ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ.
މެންބަރު ޝިފާޢު މިހެން ވިދާޅުވީ ކޮޗިން-ކުޅުދުއްފުށީ ކާގޯ ފެރީގެ ތާރީޚީ ފުރަތަމަ ދަތުރުގައި އިއްޔެ ވަރަށް ހެނދުނުގެ ވަގުތެއްގައި ކުޅުދުއްފުށީގައި ބަނދަރު ކޮށްފައި ވަނިކޮށް ރޭ ކުރެއްވި ޓުވީޓެއްގައި އެވެ.
ޝިފާޢު ވިދާޅުވީ އިންޑިއާއިން ކުޅުދުއްފުއްޓަށް ފެށިގެން މިދިޔަ ކާގޯ ފެރީ މެދުވެރިކޮށް ދުބާއީ އިންވެސް ސީދާ ކުޅުދުއްފުއްޓަށް މުދާ އެތެރެކުރެވޭނެ ކަމަށެވެ.
''ހުޅުވިގެން މިދާދޮރުތަކަކީ އުތުރުގެ އިޤުތިސާދަށް އާރޯކަން ގެނުވާނެ ދޮރުތަކެއް. މިކަމުގެ ސަބަބުން އުތުރުގެ ވިޔަފާރިވެރިން މާލެއިން މުދާގެންދިއުމަށް ކުރާހަރަދު ސަލާމަތްކުރެވޭނެ. އަދި މާލޭ ގުދަނަށް ބޮޑުކުލި ދައްކަންޖެހުމުގެ ސަބަބުން ބޮޑުއަގުގައި މުދާގަނެގެން އުތުރުގެ އަތޮޅުތަކަށް ގެންދިއުން ނިމުމަކަށް ގެނެވޭނެ''
ޝިފާޢު ވިދާޅުވިއެވެ.
އިންޑިއާއިން ކުޅުދުއްފުއްޓަށް ފެށިގެން މިދިޔަ ކާގޯ ފެރީ މެދުވެރިކޮށް ދުބާއީ އިންވެސް ސީދާ ކުޅުދުއްފުއްޓަށް މުދާ އެތެރެކުރެވޭނެ. ހުޅުވިގެން މިދާދޮރުތަކަކީ އުތުރުގެ އިޤުތިސާދަށް އާރޯކަން ގެނުވަާނެ ދޮރުތަކެއް.
Importing cargo Dubai to Kulhudhufushi will boost Thiladhunmathi economy pic.twitter.com/wRFiCvl2Es— MP Mohamed Shifau (@mhshifau) September 26, 2020
އިންޑިއާ އާއި ރާޖެއާއި ދެމެދު ކާގޯ ފެރީގެ ޚިދުމަތް ރަސްމީކޮށް ފެށުމާއި ގުޅިގެން ސެޕްޓެމްބަރު 21 ވަނަ ދުވަހު ޝިފާއު ވަނީ، އިންޑިއާ އާއި ރާޖެއާއި ދެމެދު ފެށުނު ކާގޯ ފެރީގެ ޚިދުމަތަކީ ދިގު އިންތިޒާރަކަށްފަހު، ބޮޑު ތިލަދުންމައްޗަށާއި އަދި މުޅި ޤައުމަށްވެސް އެކަމުގެ ނަފާ ލިބޭނެ، އެކަމުން އިތުރު ފުރުޞަތުތައް ހުޅުވިގެންދާނެ ޚިދުމަތެއް ކަމަށް ވިދާޅުވެފައެވެ.
ކޮޗިން-ކުޅުދުއްފުށީ ކާގޯ ފެރީގެ ތާރީޚީ ފުރަތަމަ ދަތުރުގައި އިއްޔެ ވަރަށް ހެނދުނުގެ ވަގުތެއްގައި ކުޅުދުއްފުށީގައި ބަނދަރު ކޮށްފައިވާއިރު، އިންޑިއާއި ރާއްޖެ އާއި ދެމެދު ފެށި ކާގޯ ފެރީގެ ޚިދުމަތަކީ ޚާއްސަކޮށް ރާއްޖޭގެ އުތުރުގެ ރަށްތަކަށް ވިޔަފާރީގެ ފަހި ގޮތްކެއް ހޯދައިދިނުމާއި، އަދި ރާއްޖެއިން ބޭރަށް ދިވެހި އުފެއްދުންތައް ފޮނުވައިގެން މަންފާ ހޯދޭނެ މަގު ތަނަވަސްކޮށްދިނުމަށް ފެށި ޚިދުމަތެކެވެ.
އިންޑިއާ އާއި ރާޖެއާއި ދެމެދުގައި ކާގޯ ފެރީގެ ޚިދުމަތް ރަސްމީކޮން ފަށާފައި ވަނީ ސެޕްޓެމްބަރު 21 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!