މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ކޮޗިން-ކުޅުދުއްފުށި ފެރީ

8 Stories filed
ކޮޗިން ފެރީން ލަންކާއިން ވެސް މުދާ ގެންނަނީ
Business

ކޮޗިން ފެރީން ލަންކާއިން ވެސް މުދާ ގެންނަނީ

އިންޑިއާގެ ކޮޗިން އިން ކުޅުދުއްފުށި ސިޓީއަށް ދަތުރުކުރާ ފެރީގައި ސްރީލަންކާގެ ކޮލަމްބޯ އިން މުދާ ގެނެވޭ ގޮތް ހަދައިފިއެވެ. މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން އިއްޔެ ކުރި ޓްވީޓެއްގައި ވަނީ މި ހުއްދަ ލިބުނު ކަން ހާމަވާ ލިޔުމެއް ހިއްސާކޮށްފައެވެ. ކޮޗިން ފެރީ ދެން ދަތުރުކުރާނީ ކޮޗިން އިން ލަންކާގެ ކޮލަމްބޯ އަށް، އަދި ކޮލަމްބޯއިން ރާއްޖެއަަށެވެ. އިންޑިއާ އިން އަންނަ ކާގޯ ފެރީ މިހާރު ދަތުކުުރަނީ ކޮޗިނުން ކުޅުދުއްފުށްޓަށާއި މާލެ އަށެވެ. ކޮޗިން ދަތުރުތަކުގައި ބޭނުން ކުރަނީ […]

އިންޑިޔާ ކާގޯ ފެރީން ގެންނަ މުދާ އަގުހެޔޮ، މިހާރު އޮންނަނީ ޖާގަ ނުލިބިފަ: ނިހާދު
Thiladhunmathi News

އިންޑިޔާ ކާގޯ ފެރީން ގެންނަ މުދާ އަގުހެޔޮ، މިހާރު އޮންނަނީ ޖާގަ ނުލިބިފަ: ނިހާދު

މިދިޔަ އަހަރު އިންޑިއާ އާއި ރާއްޖެއާ ދެމެދު ފެށި ކާގޯ ފެރީން ގެންނަ މުދާ އަގުހެޔޮކަމަށާއި މިހާރު އޮންނަނީ އެފެރީން ޖާގަނުލިބިފަކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ. މެންބަރު ނިހާދު މިހެން ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާއި ދެމުދު ފެށި ފެރީގެ ޚިދުމަތް ހުއްޓިފައިވާކަމަށްބުނެ މީސްމީޑިޔާގައި ބަހުސްކުން ފެއްޓުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ. އެބަހުސްއަށް ރައްދުދެއްވަމުން ނިހާދު ވިދާޅުވީ ދުވަސްކޮޅަކުން ބޯޓުތައްވެސް އިތުރުކުރަން ޖެހޭނެކަމ...

ކޮޗިން-ކުޅުދުއްފުށީ ކާގޯ ފެރީގެ މިފަހަރުގެ ދަތުރުގައި 700 ޓަނުގެ މުދާ
Thiladhunmathi News

ކޮޗިން-ކުޅުދުއްފުށީ ކާގޯ ފެރީގެ މިފަހަރުގެ ދަތުރުގައި 700 ޓަނުގެ މުދާ

ކޮޗިން-ކުޅުދުއްފުށީ ކާގޯ ފެރީގެ މިފަހަރުގެ ދަތުރުގައި 700 ޓަނުގެ މުދާ ކުޅުދުއްފުއްޓަށް ގެންނާނެ ކަމަށް، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)އިން ބުނެފިއެވެ. އެ ފެރީ މިއަދު ކުޅުދުއްފުއްޓަށް ބަނދަރު ކުރަން ހަމަޖެހިފައިވާއިރު، ކޮޗިން-ކުޅުދުއްފުށީ ކާގޯ ފެރީގެ ޚިދުމަތް ފުރަތަމަ ފެށީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު 26 ވަނަ ދުވަހުއެވެ. އެފަހަރު އެ ފެރީގައި 500 ޓަނަށްވުރެ ގިނަ މުދާ ގެނައެވެ. އެމްއެސްއެސްގެ ”އެމްވީ. އެމްސީޕީ ލިންޒް”ގެ މިދަތުރުގައި ކުޅުދުއްފުއްޓަށް 700 ޓަނުގެ މުދާ ގެންނަކަން ފާހަގަ […]

މިއީ ބޮޑު ތިލަދުންމަތި ތަރައްޤީ ކުރުމުގެ ފެށުމެއްތަ؟ ފުރުޞަތުގެ ބޭނުން ކުރަމާ!
Thiladhunmathi News

މިއީ ބޮޑު ތިލަދުންމަތި ތަރައްޤީ ކުރުމުގެ ފެށުމެއްތަ؟ ފުރުޞަތުގެ ބޭނުން ކުރަމާ!

ކޮޗިން-ކުޅުދުއްފުށީ ކާގޯ ފެރީގެ ތާރީޚީ ފުރަތަމަ ދަތުރު ކާމިޔާބުކަމާއި އެކު ކުޅުދުއްފުއްޓަށް ބަނދަރުކޮށްފިއެވެ. މިދަތުރު އެކި މީހުންނަށް ބަލައިގަނެވުނީ އެކި ގޮތަށެވެ. އެއް ބަޔަކު އަދިވެސް ގަބޫލުކުރަނީ މިއީ “ބޭކާރު” ކަމެއްގެ ގޮތުގައެވެ. އަނެއް ބަޔަކު މިއީ “ވަރަށް ކާމިޔާބު” ދަތުރެއްކަމަށް ދަނީ ބުނަމުންނެވެ. މިހާ ހިސާބުން އުފެދޭ ސުވާލަކީ މިއީ ކިހިނެއްވާ ކަމެއްބާއެވެ؟ މިދަތުރުތަކުގެ ސަބަނުން ބޮޑުތިލަދުންމަތި ތަރައްގީ ވާނެބާއެވެ؟ މިދަތުރުތަކަށް ފަހު ބޮޑުތިލަދުންމަތީގެ އިޤްތިސާދީ ދުވެއްޔަށް އެނގުންވާނެ...

ކާގޯ ފެރީ މެދުވެރިކޮށް ދުބާއީ އިންވެސް ކުޅުދުއްފުއްޓަށް މުދާ ގެނެވޭނެ: ޝިފާޢު
Raajje

ކާގޯ ފެރީ މެދުވެރިކޮށް ދުބާއީ އިންވެސް ކުޅުދުއްފުއްޓަށް މުދާ ގެނެވޭނެ: ޝިފާޢު

ކޮޗިން-ކުޅުދުއްފުށި ކާގޯ ފެރީ މެދުވެރިކޮށް ދުބާއީ އިންވެސް ސީދާ ކުޅުދުއްފުއްޓަށް މުދާ އެތެރެކުރެވޭނެ ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ. މެންބަރު ޝިފާޢު މިހެން ވިދާޅުވީ ކޮޗިން-ކުޅުދުއްފުށީ ކާގޯ ފެރީގެ ތާރީޚީ ފުރަތަމަ ދަތުރުގައި އިއްޔެ ވަރަށް ހެނދުނުގެ ވަގުތެއްގައި ކުޅުދުއްފުށީގައި ބަނދަރު ކޮށްފައި ވަނިކޮށް ރޭ ކުރެއްވި ޓުވީޓެއްގައި އެވެ. ޝިފާޢު ވިދާޅުވީ އިންޑިއާއިން ކުޅުދުއްފުއްޓަށް ފެށިގެން މިދިޔަ ކާގޯ ފެރީ މެދުވެރިކޮށް ދުބާއީ އިންވެސް ސީދާ ކުޅުދުއްފުއްޓަށް މު...

މޫކޭ، އަދުރޭއާއި މުއިއްޒަށް: ވަރަށް އަސަރުކޮށްފިކަން އެނގިއްޖެ، އުތުރު ނުހުއްޓުވޭނެ
Raajje

މޫކޭ، އަދުރޭއާއި މުއިއްޒަށް: ވަރަށް އަސަރުކޮށްފިކަން އެނގިއްޖެ، އުތުރު ނުހުއްޓުވޭނެ

ކޮޗިން-ރާއްޖެ ފެރީގެ ދަތުރުތައް ފެށުމާއިއެކު އިދިކޮޅު ޕީއެންސީގެ ރައީސް އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) އާއި، ޕީޕީއެމްގެ ނަައިބު ރައީސް، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުއިއްޒު ދެއްކެވި ވާހަކައިން އެ ދެ ބޭފުޅުންނަށް ވަރަށް އަސަރު ކޮށްފިކަން އެނގިއްޖެ ކަމަށާއި، އުތުރު ނުހުއްޓުވޭނެ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑައިރެކްޓަރ މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ މަޑުއްވަރީދާއިރާގެ ރައީސް ކަންވެސް ކުރަށްވާ މޫކޭ މިހެން ވިދާޅުވީ ކޮޗިން-ރާއްޖެ ފެރީ...

ކޮޗިން-ކުޅުދުއްފުށީ ކާގޯ ފެރީ ކުޅުދުއްފުށީގައި ބަނދަރުކޮށްފި
Thiladhunmathi News

ކޮޗިން-ކުޅުދުއްފުށީ ކާގޯ ފެރީ ކުޅުދުއްފުށީގައި ބަނދަރުކޮށްފި

ކޮޗިން-ކުޅުދުއްފުށީ ކާގޯ ފެރީގެ ތާރީޚީ ފުރަތަމަ ދަތުރުގައި ކުޅުދުއްފުށީގައި ބަނދަރު ކޮށްފިއެވެ. އިންޑިއާ އާއި ރާޖެއާއި ދެމެދުގައި ކާގޯ ފެރީގެ ޚިދުމަތް ރަސްމީކޮން ފަށާފައި ވަނީ ސެޕްޓެމްބަރު 21 ވަނަ ދުވަހުއެވެ. ކުޅުދުއްދުއްފުށިން ރޭ ކޯވިޑްގެ ދެ ކޭހެއް ފެނުމާއި ގުޅިގެން ކޮޗިން-ކުޅުދުއްފުށީ ކާގޯ ފެރީއަށް މަރުޙަބާ ކިޔުމަށް ކުޅުދުއްފުށީގައި ރާވާފައިވާ ހަރަކާތްތައް ވަނީ ކެންސަލްކޮށްފައެވެ. އަދި އެރަށުން ކޯވިޑް ދެ ކޭސް ފެނުމާއި ގުޅިގެން އެ ރަށަށް މީހުން އަރައިފޭބުން މަނާކޮށް، އެރަށް މިހާރު އޮތީ […]

ކޮޗިން-ކުޅުދުއްފުށީ ކާގޯ ފެރީ މާދަމާ ބަނދަރު ކުރަނީ
Thiladhunmathi News

ކޮޗިން-ކުޅުދުއްފުށީ ކާގޯ ފެރީ މާދަމާ ބަނދަރު ކުރަނީ

ކޮޗިން-ކުޅުދުއްފުށީ ކާގޯ ފެރީގެ ފުރަތަމަ ދަތުރުގައި މާދަމާ ކުޅުދުއްފުށީގައި ބަނދަރު ކުރާއިރު، އެ ފެރީގައި 500 ޓަނަށްވުރެ ގިނަ މުދާ ގެންނާނެކަމަށް އެމަސައްކަތުގެ ރާއްޖޭގެ އެޖެންޓް މޯލްޑިވްސް ޝިޕިންގ ލައިންއިން ބުނެފިއެވެ. މި ފެރީ ކުޅުދުއްފުއްޓަށް ބަނދަރުކުރާނީ ހޮނިހިރު ދުވަހު ފަތިހު 5:00 ހާއިރު ކަމަށް ލަފާކޮށްފައިވާއިރު، އިންޑިއާ އާއި ރާޖެއާއި ދެމެދުގައި ކާގޯ ފެރީގެ ޚިދުމަތް ރަސްމީކޮން ފަށާފައި ވަނީ ސެޕްޓެމްބަރު 21 ވަނަ ދުވަހުއެވެ. 3000 މެޓްރިކް ޓަނުގެ މުދާ އުފުލޭ މި ކާގޯ […]