ކާށިދޫއާއި ފާދިއްޕޮޅުގެ ރައްޔިތުން، ސިއްޙީ ޚިދުމަތް ހޯދުމަށް "މާލެ ނޫންގޮތެއް" ހޯދައިފި

Maidhoo speed

ކޯވިޑް19 އާއި ގުޅިގެން ގުރޭޓަރ މާލެ ލޮކްޑައުންކުރުމާއި ގުޅިގެން ސިއްހީ ހިދުމަތްތަައް ހޯދުމަށް މާލެއަށް ދިއުމަށް ދަތިވެފައިވާތީ ކ. ކާށިދޫއާއި ފާދިއްޕޮޅުގެ ރައްޔިތުން، ސިއްހީ ޚިދުމަތް ހޯދުމަށް "މާލެ ނޫންގޮތެއް" ހޯދައިފި އެވެ.

ރައްޔިތުންނަށް ފަސޭހަ ކަމާއެކު މި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކ.ކާށިދޫ، މައިދޫ ސްޕީޑުން ހާއްސަ ދަތުރުތަކެއް އަންނަނީ ކުޅުދުއްފުށި ސިޓީއަށް ކުރަމުންނެވެ. ކާށިދޫއާއި މާލެއާއި ދެމެދު ދަތުރުކުރާ ފެރީ ލޯންޗެއް ކަމުގައިވާ މައިދޫ ސްޕީޑް ލޯންޗުން ކުޅުދުއްފުށި ސިޓީގެ އިތުރުން ހިންނަވަރު އަދި އުނގޫފާރަށް ސިއްހީ ޚިދުމަތް ހޯދުމަށް ދާން ބޭނުންވާ ފަރާތްތަކަށް އެ ލޯންޗުންދަނީ ދަތުރުތައް ބާއްވަމުންނެވެ.

ނައިފަރު އަދި ހިންނަވަރުން ކުޅުދުއްފުށި ސިޓީއަށް އެ ލޯންޗުގެ ފުރަތަމަ ދަތުރުކޮށްފައިވަނީ މިދިޔަ މަހު 28 ވަނަ ދުވަހުއެވެ. މިމަހު 16 ވަނަ ދުވަހު ދެވަނަ ދަތުރެއް ކޮށްފައިވާއިރު މިމަހުގެ 30 ވަނަދުވަހު އިތުރު ދަތުރެއް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މިމަހުގެ16 ވަނަ ދުވަހު ކާށިދޫއިން ފުރައިގެން ކުޅުދުއްފުއްޓަށް ދިއުމަށް ދެކޮޅު ޓިކެޓު ވިއްކާފައިވަނީ 1000 ރުފިޔާއަށެވެ. އަދި ކާށިދޫއިން ނައިފަަރު ހިންނަވަރަށް ދަތުރުކޮށްފައިވަނީ 350 ރުފިޔާ އަށެވެ. 16 ވަނަ ދުވަހު ކުޅުދުއްފުއްޓަށް ދިއުމަށް ފަހު އެރަށުގައި 1 ދުވަހު މަޑު ކުރުމަށްފަހު ފުރާފައިވަނީ 18 ވަނަ ދުވަހުއެވެ.

މައިދޫ ސްޕީޑުން މިފަދަ ދަތުރުތަކެއް ރޭވުމުގެ މަގުސަދަކީ ޕެންޑެމިކްތެރޭ މާލެއަށް ދަތުރުކުރުން އުދަނގުވެފައިވާތީއާއެކު ސިއްހީ ހިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކަށް އެ ހިދުމަތް ފަސޭހައިން ހޯދައިދިނުމެވެ. އެގޮތުން ކުޅުދުއްފުއްޓަށް ދަތުރުތައް ފެށީ ހިންނަވަރު އަދި އުނގޫފާރުން ނުލިބޭ ހިދުމަތްތައް ކޭއާރުއެޗުން ލިބޭތީ އެމަގު ފަހިކޮށްދިނުމަށްކަމަށް ބުނެފައިވެއެވެ.

ކޯވިޑް19 އާއި ގުލިގެން މާލެ ފުރަބަންދު ކުރުމާއި ގުޅިގެން ރައްރަށުގެ ރައްޔިތުންގެ ސިއްޙީ ޚިދުމަތް ހޯދުމަށްވަނީ ވަރަށްބޮޑު ދަތިތަކަކާއި ކުރިމަތިލާންޖެހިފައެވެ. ޒަމާންވީ ސަރުކާރުތަކުން އަސާސީ ގިނަ ކަންކަމާއި ތަޢުލީމާއި ސިއްޙީ ޚިދުމަތްތައްވަނީ މާލެ ސަރަހައްދަށް ޖަމާކޮށްފައެވެ. ކޯވިޑް19 އާއި އެކު މިލިބުނު ފިލާވަޅުގެ އަލީގައި އަސާސީ ޚިދުމަތްތައް ރާއްޖޭގެ ކަންކޮޅުތަކަށް ބަހާލަންޖެހެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި