ދެންވެސް ޚިދުމަތް ފޯރުކޮށް ދޭނީ، ކުރިއެކޭ ވެސް އެއްގޮތަށް އިމާރާތުގެ ބޭރުން: ވެމްކޯ

WAMCO

މާދަމާއިން ފެށިގެންވެސް މާލެ ސަރަހައްދުގެ ގެތަކުން ކުނި އުކައިދެމުން ދާނީ މިހާރުވެސް އެ ޚިދުމަތް ދެމުންދާ އުސޫލުން ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ބުނެފިއެވެ.

ކޯވިޑް-19 ގެ ޙާލަތާއި ގުޅިގެން ވެމްކޯއިން ދަނީ އެ ކުންފުނިން ދޭ ކުނި އުކާލުމުގެ ޚިދުމަތް ދޭނެ އުސޫލަށް ބަދަލުތަކެއް ގެނެސް އެ އުސޫލަށް އަމަލު ކުރަމުންނެވެ. އަދި މި އުސޫލަށް ކުރިން އަމަލު ކުރުމަށް ނިންމާފައި ވަނީ މިމަހުގެ އެއްވަނަ ދުވަހާއި ހަމައަށެވެ.

މި އުސޫލުގެ ދަށުން ވެމްކޯއިން ވަނީ އެ ކުންފުނީގެ މުވައްޒަފުން ގޭބިސީތަކަށް ވަނުމުގެ ބަދަލުގައި ވަކި ގަޑިތަކެއްގައި ގޭ ބިސީތަކުން ތިރިއަށް ކުނިތައް ނެރުމުން ކުނި އުކައި ދިނުމުގެ ޚިދުމަށް ދޭގޮތަށް އުސޫލު ބަދަލުކޮށްފައެވެ.

ވެމްކޯއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މި އުސޫލަށް އިތުރު ބަދަލެއް ނުގެނެސް ދަމަހައްޓަން ނިންމީ ކޯވިޑް-19ގެ ޙާލަތު މާލޭގައި ގޯސްވުމާއިއެކު ޢާއްމުންނާއި އެކުންފުނީގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ކަމަށެވެ.

ވެމްކޯއިން މިއަދު ނެރުނު ނޫސް ބަޔާނުގައި އެދިފައިވަނީ ކޮންމެ ދުވަހެއްގެ މެންދުރު 12 އިން ދޭއް ޖަހަން ދެން ގޭގޭގެ ދޮރުމައްޗަށް ކުނި ނެރުމަށެެވެ. އަދި ވެމްކޯގެ މުވައްޒަފުން ވަކި ވަކި ފަންގިފިލާއަށް ގޮސް ކުނި ނުނަގާނެކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

" ނަމަވެސް އިމާރާތުގެ އެންމެ ތިރިން ކުނި ނެގޭނެ ފަދަ އިންތިޒާމެއް ދުރާލާ ހަމަޖެހިފައިވާ ގޭބިސީއެއް ނަމަ އެ ދުވަހެއްގެ 18:00 ގެ ނިޔަލަށް އިމާރާތަށް ވަދެ ނިކުމެވޭނެ ފަދަ އިންތިޒާމެއް ހަަމަޖައްސަވަން ވާނެއެވެ." ވެމްކޯގެ ބަޔާނުގައި ވެއެވެ.

ވެމްކޯއިން ވަނީ ކުރިންވެސް ގޭބިސީތަކުން އުކާލުމަށް ނެރޭ ކުނި ބަންދުކޮށްފައި ބެހެއްޓުމަށް އެ ކުންފުނިން ކަނޑައަޅާފައިވާ މިންގަނޑަށް ކުނި ކޮތަޅުގައި ބަންދު ކޮށްފައި ބެހެއްޓުމަށް އިލްތިމާސް ކޮށްފައެވެ. އަދި ކުނި ބޭރަށް ނެރުމުގައި ވެމްކޯއިން ކަނޑައަޅާފައިވާ ވަގުތަށް ކަމޭހިތުމަށް ވެސް ވެމްކޯއިން ވަނީ އެދިފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި