އަލަށް ރިސޯޓް ހަދަން އިޢުލާންކުރި ރަށްތައް ބިޑަށް ހުޅުވާލެވޭނީ މިއަހަރުގެ ފަހުކޮޅު ނޫނީ އަންނަ އަހަރު ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ރޭ ނޭޝަނަލް އެމަޖަންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ލަށް ފަތުރުވެރިކަމުގެ ސިނާއަތަށް ނެރެން ނިންމާފައިވަ ރަށްތަކާއިމެދު ވަރަށް ގިނަ ރައްޔިތުން އިންތިޒާރު ކުރަމުން ދިޔަކަމަށާއި ނަމަވެސް ކޯވިޑް-19ގެ ބަލިމަޑުކަން ކުރިމަތިވީ ޓުއަރިޒަމަށް އާ ރަށްތަކެއް ހުޅުވާލުމަށް ތައްޔާރުވެފައިވަނިކޮށް ކަމަށެވެ. މިހާރު އެކަން މަޑުޖެހިފައި އޮތުމަށްފަހު، މިއަހަރު ފަހުކޮޅު އަދި އަންނަ އަހަރު ކުރީކޮޅު އާރަށްތައް ޓުއަރިޒަމަށް ހުޅުވާލުމަށް ބިޑު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އިރާދަކުރެއްވިއްޔާ މިކަން އަލުން ދިރާސާ ކުރުމަށްފަހު، މިއަހަރު ފަހުކޮޅު އަދި މިއަންނަ އަހަރުތެރޭ ބައި ބަޔަށް އޯޕަން ބިޑަށް ރަށްތައް ނެރުމުގެ ވިސްނުން ސަރުކާރުގަ އެބަ އޮތް،
ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.
ފަތުރުވެރިކަން ތަރައްޤީވެފައި ނުވާ ސަރަހައްދު ތަކަށް އިސްކަންދީގެން ރާއްޖޭގެ އުތުރުން ހދ، ހއ ސަރަހައްދުތަކަށާއި އުތުރުންވެސް ލ އަތޮޅު، ފ. އަތޮޅު އަދި ތ އަތޮޅު ފަދަ ސަރަހައްދުތަކަށް ޓުއަރިޒަމް ގެންދިޔުމަށް ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި އެ ސަރަހައްދުތަކަށް ކަނޑައެޅި ރަށްތައް މިހާރުވާނީ އިޢުލާން ކުރެވިފައިކަމަށެވެ.
ދެން މި ރަށްތަށް ނެރޭނެ ތާރީހެއް އިކޮނޮމިކް ރިވައިވަލް މަސައްކަތް ރައީސް އޮފީހުގެ ޓާސްކް ފޯސްއާއެކު ކުރުމަށްފަހު، ތާރިހުތައް އިއުލާން ކުރާނަން. މިރޭ ދަންނަވާލަން ކެރިދާނެ، މިއަހަރުގެ ފަހުކޮޅު ބައެއް ރަށްތަށް ނެރެވޭނެ، އެއީ މާކެޓްއް އަންނަ ބަދަލުތަކާއި މާކެޓް ފްލަކްޗައިލް ނުވާނެހެން
ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.
ޓުއަރިޒަމަށް އާ ރަށްތައް ނެރެނީ މާކެޓަށް އަންނަ ބަދަލުތައް ބެލުމަށްފަހު އޭގެ ހަމަ އަގު ދައުލަތަށާއި ދިވެހި ރައްޔިތުންނަށް ލިބޭނެ ގޮތަކަށް ކަމަށާއި އިތުރުރަށްތައް މިއަންނަ އަހަރު ވެސް ދެވޭނެގޮތައްކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މީގެ އިތުރުން އިކޮނޮމިކް ރިވައިވަލްގައި އުތުރާއި ދެކުނުގައި ކަނެކްޓިވިޓީ ވަރުގަދަކުރުމުގެ ވިސްނުން ހުރިކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 17 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީއިން ބޭއްވި "ބުރެބި" ހަފްލާގައި ހއ އަތޮޅުން 4 ރަށް ހދ އަތޮޅުން 3 ރަށް ށ އަތޮޅުން 3 ރަށް ހިމެނޭހެން “ވަން އައިލެންޑް ވަން ރިސޯޓު” ކޮންސެޕްޓަށް މުޅި ރާއްޖެއިން ޖުމްލަ 29 ރަށް އަލަށް ފަތުރުވެރިކަމަށް ދޫކުރަން ނިންމާ އެކަން ވަނީ އިޢުލާންކޮށްފައެވެ. މިރަށްރަށް އިޢުލާން ކުރުމަށްފަހު ސަރުކާރުން ބުނެފައިވަނީ އޯޕަން ބިޑްއަކަށް ދާނެކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!