މިއީ ފުރަބަންދު ވީ ދުވަސްވަރު ބޯކޮށޭނެ ގޮތެއް ނެތުމުން ހިތައްއައި ސުވާލަކުން ރަހްމަތްތެރިންނަށް ކޮށްލި ސުވާލެކެވެ. މި ސުވާލާއި ގުޅިގެން ވަރަށް ހައިރާންވާ ޒާތުގެ ޖަވާބު ލިބުނެއެވެ.

ދިވެހިންގެ އާދަކާދައިގެ މަތިން ކޮންމެ ހުކުރު ދުވަހަކީ އަވަށު އެންމެން އަތިރި މައްޗަށް ޖަމާވެ ސެލޫން ހަދައިގެން ބޯކޮށި ބައެކެވެ. ދަމާލާފައި އޮންނަ ކިއުން ބޯކޮށަން އޮންނަ މީހާގެ ގުދާރި ބިންދާލާ ވަރުކޮށްލައެވެ. އަތިރި މަތީގައި އޮންނަ ރުއްބުރި ތަކުގައި ބަރިބަރިއަށް ބޯކޮށާ މީހުން ފެނެއެވެ. ބޯކޮށުމުގެ ސަގާފަތުގައި އަސްލުވެސް ދިވެހިން ހަމަ ރަނގަޅަށް ފަހަތަށް ޖައްސާލައިފިއެވެ. ޖަވާބުލިބުނު ބައެއް ރަހްމަތެރިން ކިބައިން ފާހަގަ ކުރެވުނީ އެކަމެއެވެ.

Ad
rt

ސުވާލުކޮށްލެވުނު ބައެއް ރަހްމަތްތެރިންގެ ތެރެއިން ރިސޯޓެއްގައި މަސައްކަތް ކުރަމުންދާ ހަސަން ކިޔާ ރައްޓެއްސެއް ބުނީ ދިވެއްސެއް ލައްވާ ނޫނިއްޔާ ބޯ ނުކޮށާކަމަށެއެވެ. ރިސޯޓްގައި ބޯކޮށާ ބިދޭސީން އުޅޭ ކަމަށާއި އެހެން ނަމަވެސް ދިވެހި ކުދިންވެސް އެރިސޯޓްގައި ސައުގުވެރި ކަމާއެކު ބޯކޮށާކަމަށެއެވެ.

އެހެންވެ އޭނާ ދިވެހިން ލައްވާ މިހާރު ބޯކޮށާތާ ހަތް އަހަރު ވެދާނެ ކަމަށް ހަސަން ބުންޏެއެވެ. ހަސަނަށް އެ ނަސީބު ލިބުނަސް އެއީ މަދު މީހަކަށް މި ޒަމާނުގައި ލިބޭނެ ނަސީބެކެވެ.

މާލޭގައި އޮފީހެއްގައި މަސައްކަތް ކުރަމުންދާ ނަޖީބު ކިޔާ ރައްޓެއްސެއް ބުނީ އޭނާ ދިވެއްސެއް ލައްވާ ބޯ ކޮށި ހަދާނެއް މިހާރު ނުވާކަމަށެއެވެ.

ސްކޫލު ދުވަސްވަރުން ފެށިގެން ނަޖީބުގެ ބޯ ކޮށަމުން ދަނީ ބިދޭސީން ކަމަށެއެވެ. މާލޭގައި ދިވެހިން ސެލޫންތަކުގައި ބޯކޮށަނިކޮން ދިމާ ނުވާކަމަށާއި އެހެންވެ އެހާ ދުވަސްވަންދެން ބިދޭސީން ލައްވާ ބޯކޮށަން މަޖުބޫރު ވަނީކަމަށެއެވެ. ބޯކޮށާ ދިވެއްސަކާއި ދިމާވެއްޖެ ނަމަ ބޯ ކޮށާލަން ބޭނުންވާ ކަމަށް ނަޖީބު ބުންޏެއެވެ.

ރަށުގައި ވަޒީފާ އަދާ ކުރަމުންދާ ރަހްމަތްތެރިޔަކު ބުނީ ރަށުގައި އުޅުނަސް އޭނާގެ ބޯ ދިވެއްސެއް ލައްވާ ނުކޮށާތާ ފަސް އަހަރު މިހާރު ވެދާނެކަމަށެއެވެ. ފަސޭހައިން ސެލޫނަށް ގޮސްގެން ކޮށާލެވި ވަގުތު ސަލާމަތް ވާތީވެ ބިދޭސީން ލައްވާ ބޯ ކޮށަނީކަމަށެއެވެ. އޭނާއިތުރަށް ބުނީ ސެލޫން ނެތްއިރު މުޅިންވެސް ބޯކޮށާ ހެދީ އޭނާގެ ބައްޕަކަމަށެއެވެ.

އަންހެން ރަހްމަތްތެރިޔަކު ބުނީ އޭނާގެ ތިން ފިރިހެން ދަރިންގެ ބޯވެސް މުޅިންވެސް ކޮށަނީ ބިދޭސީން ކަމަށާއި ދިވެއްސެއް ބޯކޮށާދޭ ނަމަ އެކުދިންގެ ބޯ އޭނާ ލައްވާކޮށަން ހުރީ ތައްޔާރަށް ކަމަށެއެވެ، އޭނާ ވެސް ބުނީ ފަސޭހަކޮށްލަން ކުދިންކޮޅު ގޮވައިގެން ސެލޫނަށް ދެވެނީކަމަށެއެވެ. އަސްލު ގިނަފަހަރަށް ރަށުގައި ބޯކޮށާދޭ ކުދިން ހޯދުމަކީ އެހާ ފަސޭހަކަމަކަށް ނުވާތީވެ ބިދޭސީން ލައްވާ ދަރިންގެ ބޯކޮށުވަނީކަމަށެއެވެ. އޭނާ ދިރިއުޅެމުންދަނީ މެދުރާއްޖޭގެ އަތޮޅުވެރިކަން ކުރާ ރަށެއްގައެވެ.

ބޯކޮށާދޭ ސެލޫންތައް ހުޅުވާފައި ނެތް ރަށްރަށުގައި އަދިވެސް ބޯކޮށުމުގައި ނަގާ ކިޔަނީ ދިވެހިންނެއެވެ. އެއީދެން ލިބޭ ވަރަށް ބޮޑުއުފަލެކެއެވެ. ދިވެއްސެއްގެ އަތުން ބޯކޮށާލެވުނީމަ އެއީ ވަރަށް ގަޔާވާ ހިތްހަމަ ޖެހުމަކަށްވެއެވެ.

ސުވާލު ކުރެވުނު އެންމެން ވެސް އެއްބަސް ވެވުނު އެއްކަމެއް އޮތެއެވެ. ދިވެހިން ލައްވާ ބޯކޮށާ ހިތް ނުވަނީއެއް ނޫނެއެވެ. ބައެއް މީހުން ދިވެއްސެއް ކައިރިއަށް ބޯކޮށަން ދާން ބޮޑުކަމަކަށް ވަނީއެވެ. ބޯކޮށާ ދޭނެ ދިވެހިން ނެތީކީ ނޫނެއެވެ.