ހދ. ހަނިމާދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންމްޕެނީ (އެމްޓީސީސީ)އިން ފަށައިފިއެވެ.

އެމްޓީސީސީ އިން ބުނީ ހަނިމާދޫ ބަނދަރުގެ ބޮޑުކުރުމުގެ މަސައްކަތުގެ އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމެންޓް އެޕްރޫވް ވުމާއެކު، ބަނދަރުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، އެގޮތުން ޖޫން އެއްވަނަ ދުވަހުން ފެށިގެން އެކްސްކެވޭޝަންގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

Ad
rt

އެމްޓީސީއިން ބުނެފައިވަނީ މި މަސައްކަތުގެ އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމެންޓް އެޕްރޫވް ވެފައި ވަނީ މިމަހުގެ ކުރީ ކޮޅުގައި ކަމަށެވެ.

ހަނިމާދޫ ބަނދަރު ބޮޑު ކުރުމުގެ މަޝްރޫޢު

  • 355 މީޓަރުގެ ބޮޑުހިލަ ބޭރު ތޮށްޓެއް ޖެހުން
  • 270 މީޓަރުގެ އެއްގަމު ތޮއްޓެއް ޖެހުން
  • ބަނދަރު ފުން ކުރުން، 53،522 މީޓަރު
  • 10 މޫރިންގ ބްލޮކްސް
  • 90 މީޓަރު ގްރޯއިން
  • ނެރު ފުންކުރުން، 31،575 ކިއުބިކް މީޓަރު
  • 2583 ސްކެއަރ މީޓަރުގެ ޕޭމަންޓް ހެދުން
  • 2 ނެރު ބައްތި ޖެހުން
  • 20 ބަނދަރު ބައްތި ޖެހުން
  • ބަނދަރުގައި ރޭމްޕް ހެދުން

މިމަޝްރޫޢުގެ މަސައްކަތުގެ އެއްބަސްވުމުގައި އެމްޓީސީސީއާއި، ޕްލޭނިންގ މިނިސްޓްރީއާއި ދެމެދު ސޮއި ކުރެވުނީ 24 ސެޕްޓެމްބަރު 2019 ގައެވެ. މިމަސައްކަތް ނިންމުމުގެ މުއްދަތަކީ 425 ދުވަހެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 57،124،555،27 ރުފިޔާއެވެ.

އެމްޓީސީސީ އިން ބުނީ ކޯވިޑް-19 އާއި ގުޅުގެން ދިވާމާ ލޮޖިސްތިކަލް މައްސަލަތައް ހައްލުކޮށް، ޕްރިކޯޝަނަރީ ފިޔަވަޅުތަކާއެކު މި މަޝްރޫޢު ދުވަހަށް ނިންމުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

އެމްޓީސީއިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް ތަރައްޤީގެ ބޮޑެތި ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.