އެމްޑީޕީއަށް⁦‪‬⁩ ޝައިޙް އިމްރާން އާއި އަދާލަތު ޕާޓީ އަކީ ތުންފުއްސެއްތޯ ނޮޅިވަރަމް ދާއިރާގެ މެންބަރ މުޙައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ސުވާލު ކުރައްވައިފިއެވެ.‫

ގާނޫނުއަސާސީ އިސްލާހު ކުރުމަށް މިދިޔަ ހޯމަ ދުވަހު މެންދަމު ބޭއްވި ޖަލްސާ ހޫނުވެ ހަމަނުޖެހުން ހިނގި މައްސަލަ ފުލުހުން ބަލައި ގާނޫނީ ފިޔަވަޅު އެޅުމަކީ ފުލުހުންގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވިދާޅުވުމާއި ގުޅިގެން އެކަމަށް އިޝާރާތްކުރައްވާ މޮސްޓާ ކުރި ޓުވީޓެއްގައި އިތުރަށް ބުނެފައިވަނީ ވެެރިކަމަށް އަރަން ޖަޒީރާ ރާއްޖެ ކޮނޑު އަޅައިގެން، މަޖިލިސް ސުޕަ މެޖޯރިޓީ ހޯދަން އެޖެންޑާ 19 ވިއްކަންމުޅި މީހާ ވިކި ގޮނޑިއެއް ނުލިބުނީ ⁦‪އެމްޑީޕީގެ‬⁩ ހިޔަޅުކަމުންކަމަށެވެ.

Ad
rt

މިއަދު މަޖިލިސް ރައީސްގެ ދޯހަޅިކަމުން ޤާނޫނާ ހިލާފުވީމަ، ޤާނޫން ތަންފީޒުކުރަން ނިކުތުމުން އެވަރު ނުބައި މީހެއްނެތް. ‬

މޮސްޓާގެ ޓުވީޓުގައި ބުނެފައި ވެއެވެ.

ގާނޫނުއަސާސީ އިސްލާހު ކުރުމަށް މިދިޔަ ހޯމަ ދުވަހު މެންދަމު ބޭއްވި ޖަލްސާ ހޫނުވެ ރިޔާސަތުން އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝީޔާމްގެ ނަން އިވުމުން އޭނާ ތަޅުން ދޫކުރައްވައި ވަޑައިގަތުމަށް ދެކޮޅު ހެދެވުމުން އެމްޑީޕީ މެމްބަރުން ވަނީ އޭނާ ގަދަކަމުން ބޭރަށް ނެރެލާފައެވެ. ޝިޔާމް ގަދަކަމުން ނެރުމަށް މަސައްކަތް ކުރުމުގެ ތެރޭގައި ހަމަނުޖެހުން ހިނގައި، މެމްބަރުންނަށް ވަނީ އަނިޔާވެފައެވެ.

ޝައިޙް އިމްރާންއަށް ރައްދު ދެއްވާ އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ އިމްރާން ނިސްބަތްވެވަޑައިގަންނަވާ އަދާލަތު ޕާޓީއަކީ ރައްޔިތުންގެ ކުޑަވެސް ތާއީދެއް އޮތް ޕާޓީއެއް ނޫން ކަމަށެެވެ. އަދި ނިމިގެން ދިޔަ މަޖިލިސް އިންތިހާބްގައި އަދާލަތު ޕާޓީން ވާދަކުރި އެއްވެސް ކެންޑިޑޭޓަކަށް ގޮނޑިއެއް ކާމިޔާބުކުރެއްވިފައެއް ނުވެ އެވެެ.

"ގޮނޑިއެއްގެ މިންވަރުވެސް ކާމިޔާބުކުރެވިފައި ނުވި ނަމަވެސް މަޖިލީހުގެ ނިޒާމަށ ހުރަސް އަޅައި މަޖިލީހުގެ އިންތިޒާމްތަކުގެ ތެރެއަށް އަރައިގަތުމުގެ ވިސްނުން ޝެއިހް އިމްރާން ހުރެގެން ނުވާނެ"

ހަސަން ލަތީފް ކުރެއްވި ޓުވީޓުގައިވެ އެވެ.

ހަސަން ލަތީފްގެ އެ ޓްވީޓު މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ރީޓްވީޓް ކުރައްވާފައިވެ އެވެ.